ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްރަށުގެ ބިން ހިއްކާއިރު، އުދަ އަރާނެކަން އެނގެންޖެހޭނެ: އަފީފް

ޝެއާރކޮށްލާ ކަހަލަދޯ؟

އަބާދީ އިތުރުވުމާއި އެނޫންވެސް ކަންކަމާއި ގުޅިގެން ރަށްރަށުގެ ބިން ހިއްކުމުން ތިމާވެއްޓަށް އަންނަ ބަދަތަކާއެކު، އުދަ އެރުން ފަދަ ކަންކަން ދިމާވާނެ އެގެންޖެހޭނެ ކަމަށް ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫ އަށް މޫސުން ގޯސްވެ އުދަ އެރުމާއި ގުޅިގެން އެކަމުގެ ކަންބޮޑުތައް ހިއްސާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އަފީފް ވިދާޅުވީ އުދަ އެރުމާއި، ރަށް ގިރުންފަދަ ކަންކަމަކީ ޒަމާނުއްސުރެ ހިނގަމުން އަންނަ ކަންތައްތައް ކަމަށެވެ.

އަފީފް ވިދާޅުވީ ޒަމާނުއްސުރެ ރައް ގިރުމާއި އުދަ އެރުމުގެ ކަންކަން ދިމާވިނަމަވެސް އޭރުގައި އުދަ އަރައި ރަށް ގިރަމުންދަނީ މިހާރު މި ދިމާވާ ފަދަ ބިރުވެރި ގޮތަކަށް ނޫން ކަމަށެވެ. އަދި އެކަމަށް ޙައްލެއް ހޯދުމަކީ ޔަގީނުންވެސް ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ ރަށްރަށަކީ ބިމުގެ ގޮތުން ވަރަށް ކުދި ކުދި ރަށްތަކެއް ކަމަށާއި އަބާދީ އިތުރުވާ ވަރަކަށް ރަށުން ގޯތި ދޫކުރުމަށް ބިން ބޭނުންވެގެން ހިއްކަންވެސް  ޖެހޭ ކަމަށެވެ. ނަމަވެސް ބިން ހިއްކާއިރުގައި، އުދަ އެރުމާއި ތިމާވެއްޓަށް އަންނާނެ ބަދަލުތަކާއި މެދު ވިސްނާ، ދިރާސާތައް ކުރަންޖެހޭ ކަމަށް އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ވިލުފުށީ ދާއިރާގައި ހިމެނޭ ތ. ބުރުނީގެ ވަރަށް ބޮޑު ބައެއް ގިރާލާފައިވާ ކަމަށެވެ. 2019 ވަނަ އަހަރުގެ ބަޖެޓުގައި އެމަސައްކަތް ކުރުމަށް ހިމަނާއި ކުރަންޖެހޭ ސާވޭތައް ކޮށް ނިމިފައިވާ ކަމަށެވެ. ނަމަވެސް ގިނަ ފަހަރަށް ދިމާވާ މައްސަލައަކީ ވަޒީރުން ދެއްވާ ޖަވާބު ރައްޔިތުންނަށް ބަލައިގަނެވޭ ޖަވާބަކަށް ނުވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަޒީރު ދެއްވާ ޖަވާބު ރައްޔިތުންނަށް ޤަބޫލު ނުކުރެވޭނީ އެ ދޭ ޖަވާބަކީ ހަޤީގަތުގައިވެސް ބަލައިގަނެވޭ ޖަވާބަކަށް ނުވާތީ ކަމަށާއި ބުރުނީ ގިރާ ސަރަހައްދު މައްސަލަވެސް ލަސްވެގެންދަނީ މާ މޮޅަށް އެކަން ކުރައްވަން ކަމާއި ގުޅުންހުރި އިދާރާގެ ވަޒީރު މަސައްކަތް ކުރައްވާތީ ކަމަށް ބުނާ އަޑު އިވޭ ކަމަށް އަފީފް ވިދާޅުވިއެވެ.

އުދަ އެރުމާއި ރަށް ގިރުމަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ދިމާވާ މައްސަލައެއް ދެނިގެންތިބެ ވަޒީރުންވެސް ކަމާއިބެހޭ އިދާރާތަކުން ދަންނަންޖެހޭ ކަމަށް އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ގުދުރަތީ ގޮތުން ރަށް އުފެދިފައި އޮންނަ ގޮތް ނޫން އެހެން ގޮތަކަށް ބަދަލު ކުރާ ކޮންމެ ފަހަރަކު ތިމާވެއްޓަށްވެސް ބަދަލުތަކެއް އަންނާނެ ކަމަށާއި ބިން ހިއްކުމާއި އެނޫންވެސް ކަންކަމުގެ ސަބަބުން އުދަ އެރުން ފަދަ މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: