ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: އިތުރު 45 މީހުން ރަނގަޅު، 10 މީހުން ޕޮޒިޓިވް

ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެތެރެއިން އިތުރު 45 މީހަކު ބަލިން ރަނގަޅުވެ އިތުރު 10 މީހަކު ޕޮޒިޓިވްވެއްޖެއެވެ. އަންގާރަދުވަހުގެރޭ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އެޗްޕީއޭއިން ބުނީ ހޯމަދުވަހުގެ ހަވީރު 18:00 އިން ފެށިގެން، އަންގާރަދުވަހުގެ ހަވީރު 18:00 އާއި ހަމައަށް، އިތުރު 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. މީގެ އިތުރުން ރާއްޖެއިން ކޮވިޑަށް ފަރުވާ ހޯދަމުންއައި މީހުންގެތެރެއިން އިތުރު 45 މީހަކު ރަނގަޅުވެފައިވާކަމަށް ވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

މި ގޮތުން އެންމެފަހުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ، 7 ދިވެހިންނާއި ބަންގްލަދޭޝްގެ 3 މީހެއްކަމަށާއި، މި 10 މީހުންނާއެކު ރާއްޖެއިން މިހާތަނަށް ޖުމްލަ 2501 މީހަކަށް މި ބަލި ޖެހިފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. ރާއްޖެއިން 2501 މީހަކަށް މި ބަލި ޖެހިފައިވާއިރު، އޭގެތެރެއިން އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. މި ގޮތުން ބަލާއިރު މިހާތަނަށް އެ ޤައުމުގެ 1288 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. އޭގެ އިތުރުން އިންޑިއާގެ 227 މީހަކު ޕޮޒިޓިވްވެފައިވާއިރު، ނޭޕާލްގެ 44 މީހުންނާއި. ސްރީލަންކާގެ 19 މީހަކު ވެސް ވަނީ ޕޮޒިޓިވްވެފައެވެ. އަދި ހަމައެއާއެކު އިޓަލީގެ 11 މީހަކާއި، ޕާކިސްތާނުގެ 3 މީހެއްގެ އިތުރުން ވަކި ޤައުމެއް ބަޔާންކޮށްފައިނުވާ 10 މީހަކުވެސް، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެއެވެ.

ރާއްޖެއިން މިހާތަނަށް 899 ދިވެއްސަކަށް މި ބަލި ޖެހިފައިވާއިރު، އޭގެތެރެއިން 07 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ އިތުރުން 5 ބިދޭސީއަކު ވެސް ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޗްގެ 04 މީހުންނާއި، ޕިލިޕީންސް މީހެއްކަމަށް އެޗްޕީއޭއިން ވަނީ މީގެކުރިން ހާމަކޮށްފައެވެ. ހަމައެއާއެކު ފަރުވާހޯދަމުންއައި މީހުންގެތެރެއިން އިތުރު 45 މީހަކު ރަނގަޅުވެ މިހާތަނަށް ޖުމްލަ 2158 މީހުން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ހޯދަމުން އަންނަނީ، 326 މީހުންކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: