ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ފެމިލީކޯޓުގެ 02 މުވައްޒަފަކު ޕޮޒިޓިވްވެއްޖެ

ފޮޓޯ:އައްޑޫލައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ފެމިލީ ކޯޓުގެ 02 މުވައްޒަފަކު ޕޮޒިޓިވްވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން ނޫހަކަށް މިއަދު މަޢުލޫމާތު ދެއްވަމުން ފެމިލީކޯޓުގެ ރެޖިސްޓަރ އަޙްމަދު ނަޝީދު ވިދާޅުވީ، އެ ކޯޓުން ކޮވިޑް-19 އަށް ދެ މުވައްޒަފަކު ޕޮޒިޓިވްފައިވާކަން އެނގުނީ މިއަދުގެ ވަގުތެއްގައެވެ. އަދި އެކަމާއި ގުޅިގެން ފުރިހަމަކުރަންޖެހޭ ކަންތައްތައް ވެސް ފުރިހަމަކުރަމުން އަންނަކަމަށް ވެސް ނަޝީދުވަނީ ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ، ކޮންމެ ދުވަހަކު ވެސް، މަސައްކަތްތައް ނިމުމުން ކޯޓު ޑިސްއިންފެކްޓުކުރާކަމަށާއި، މި ގޮތުން މިއަދު ފެންމަތިވި ދެ ކޭހާއި ގުޅިގެން ވެސް މިހާރު ފުލް ޑިސްއިންފެކްޓެއް ކޮށްފައިވާކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ވެސް ނިމިފައިވާކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވިގޮތުގައި ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެފައިވަނީ، ފެމިލީކޯޓުގެ ހެންވޭރުގައި ހުންނަ ކައިވެންޏާއިބެހޭ ބައިގައި މަސައްކަތްކުރާ ދެ މުވައްޒަފުންނެވެ.

ކޮވިޑް-19 އަށް ފެމިލީކޯޓުގެ ދެ މުވައްޒަފަކު ޕޮޒިޓިވްވެފައިވާއިރު، ބުރާސްފަތިދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ފާހަގަކުރެއްވިގޮތުގައި ސަރުކާރުގެ އިދާރާތައް ހުޅުވައިލުމާއެކު އިންޑިޕެންޑެންޓް ކޭސްތައް ގިނަ ޢަދަދަކަށް ފެންމަތިވަމުންދެއެވެ. މި ގޮތުން މި މަހުގެ 07 ވަނަ ދުވަހު އެފްއޭއެމްގެ މުވައްޒަފަކު ޕޮޒިޓިވްވެފައިވާކަމަށާއި، އެ ކޭސްއާއި ގުޅިގެން މިހާރު 31 މީހަކު ކަރަންޓީނުކުރެވިފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުރުން ބީއެމްއެލްގަ މަސައްކަތްކުރާ ދެ މުވައްޒަފަކު ޕޮޒިޓިވްވެފައިވާކަމަށާއި، ދަރުމަވަންތަ ސުކޫލުގަ މަސައްކަތްކުރާ މުވައްޒަފަކު ވެސް ޕޮޒިޓިވްވެފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ހަމައެއާއެކު ބުރާސްފަތިދުވަހުގައި ރައްޔިތުން މަޖިލީހުގައި މަސައްކަތްކުރާ ޑްރައިވަރެއްގެ އިތުރުން، ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެއް ނަރުހަކު ޕޮޒިޓީވްވެފައިވާކަމަށް ވެސް ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ. އަދި އައިޖީއެމްއެޗުން ފެންމަތިވި ކްލަސްޓަރއާއި ގުޅުންހުރި އިތުރު 1 ކޭސް ބުރާސްފަތިދުވަހުގައި ފެނިފައިވާކަމަށް ވެސް ޑރ.ނަޒްލާވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން، ހުޅުމާލޭގަ ހުރި ޖިމްއަކާއި ގުޅުންހުރި 08 ކޭސް، ވޭތުވެދިޔަ 03 ދުވަހުގެތެރޭގައި ފާހަގަކުރެއްވިފައިވާކަމަށް ވެސް ޑރ،ނަޒްލާ ވަނީ ފާހަގަ ކުރައްވާފައެވެ.

“އޮފީސްތައް ހުޅުވާ މަސައްކަތައް ނިކުތުމާއެށްކޮށް ހަމަ އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އަޅުގަނޑުމެންގެ މިހާރު މި އަންނަ ޕޮޒިޓިވް ބައެއް ކޭސްތައް، ހަމަ އެކި މުޢައްސަސާތަކުގަ އެކި އޮފީސްތަކުގަ މަސައްކަތްކުރަމުންދާ ފަރާތްތައް އެބަހުރި. އެ ގޮތުން، ބީއެމްއެލްގަ މަސައްކަތްކުރާ ދެ ފަރާތެއް، ދަރުމަވަންތަ ސުކޫލުގަ މަސައްކަތްކުރާ އެއް ފަރާތެއް، މަޖިލިސްގަ މަސައްކަތްކުރާ ޑްރައިވަރއެއް. އަދި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެއް ނަރސްއެއް. މީ ކުރިން އެ ތަނުން ޕޮޒިޓިވްވި ނަރސްގެ ކޮންޓެކްޓެއް ވަނީ ޕޮޒިޓިވްވެފަ. އަދި އައިޖީއެމްއެޗުގަ ފެނިފަވާ ކްލަސްޓަރއާއި ގުޅުންހުރި އިތުރު 1 ކޭސްއެއް. އެއީ އައިޖީއެމްއެޗުގެ މަސައްކަތްކުރާ ނަރސްއެއް މިއަދު ވަނީ ފެނިފަ. މީގެ އިތުރުން ހުޅުމާލޭގަ ހުރި ޖިމްއެއްގަ ގުޅުންހުރި 08 ކޭސް ވޭތުވެދިޔަ 03 ދުވަހުގެތެރޭގަ އަޅުގަނޑުމެންނަށް ފާހަގަކުރެވިފަވޭ. އެފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގް މިހާރު ދަނީ ކުރިއަށް. ދެން މިއަދު އަޅުގަނދުމެންގެތެރެއިން ޕޮޒިޓިވްވި 36 މީހުންގެތެރެއިން 14 ފަރާތްތަކަކީ ކުރިން އެއްވެސް ކޭސްއަކާ ގުޅުމެއް ފެނިފަވާ އެއްވެސް ކޭސްއަކާ ގުޅުމެއް ނެތް އިންޑިޕެންޑެންޓް ކޭސްކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވިފަވަނީ” ޑރ.ނަޒްލާ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޖުމްލަ 2553 މީހަކު ޕޮޒިޓިވްވެފައިވާއިރު، މި ބަލީގެ ނުރައްކާތެރިކަން އިތުރުވެފައިވާކަމަށް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: