ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވުނު ގޭމްގެ ސައުދުﷲ މަގާމުން ވަކިކުރަން ނިންމައިފި

ގެސްޓްހައުސް އެސޯސިއޭޝަނުގެ އެސްޖީ ކަމުގައި ހުރިސައުދުﷲ/ ޖިންސީ ގޯނާގެ ތުހުމަތާއެކު އޭނާ މަގާމުން ވަކިކުރުމަށް ގޭމް ވަނީ ނިންމައިފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވިފައިވާ ގެސްޓް ހައުސް އެސޯސިއޭޝަން (ގޭމް) ގެ ސެކޭޓްރީ ޖެނެރަލް ސައުދުﷲ އަހުމަދު މަގާމުން ވަކު ކުރުމަށް އެ އެސޯސިއޭޝަނުން ނިންމައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ފުވައްމުލަކު ދާއިރާގެ ރައީސްކަން ވެސް ކުރައްވާ ސައުދުﷲ މަގާމުން ވަކި ކުރުމަށް ނިންމާފައިވަނީ ރޭ ގޭމްގެ ހިންގާ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައެވެ. ސައުދުﷲ ގެ މައްޗަށް ކުރެވެނީ ގޭމްގައި މަސައްކަތް ކުރަމުންދާ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތެވެ.

ސައުދުﷲ ގެ ފަރާތުން ފުރައްސާރަ ކުރިމަތިވީ ކަމަށް، އެ އެސޯސިއޭޝަންގައި މަސައްކަތް ކުރި އަންހެން ކުއްޖެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ. އޭނާ ބުނެފައިވަނީ ވަޒީފާ ހޯދައިދިނީތީ އޭގެ ބަދަލުގައި ކަމެއް ބޭނުންވާ ކަމަށް ބުނެ ސައުދުﷲ ގައިގޯޅިވާން މަސައްކަތް ކުރާ ކަމަށެވެ. އަދި ނޭނގިކަމަށް ހަދާ ގައިގެ ގުނަވަންތަކުގައި އަތްލާން މަސައްކަތް ކުރާ ކަމަށް ވަނީ ބުނެފައެވެ. އަދި އެ ނޫން ވެސް ތުހުމަތުތަކެއް އޭނާގެ މައްޗަށްކޮށްފައިވެއެވެ.

މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމުން، ގޭމްއިން ވަނީ ސައުދުﷲ މަގާމުން ވަކިކުރަން ނިންމާ ސަސްޕެންޑުކޮށްފައެވެ. މައްސަލައިގައި އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ނިންމުން ނިންމާފައިވަނީ ބައްދަލުވުމުގައި ބައިވެރިވި 14 މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

މީގެ ކުރިން ވެސް ގޭމްއަށް އެ މައްސަލަ ހުށަހެޅުމުން، ބައެއް މީހުން އެކަމަށް އަޅާނުލުމަށް ބުނެފައިވާކަމަށް ވާހަކަ ދެކެވެއެވެ.

މީގެ އިތުރުން ޖިންސީ ގޯނާގެ މައްސަލަ ހުށަހެޅުމުން ވެސް އެކަން ނުބެލޭކަމަށް ބުނެ، ގޭމްގެ ރައީސް ކަމުގައި ހުންނެވި މޫސާ ނާސިހު ވަނީ މާގާމުން އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވާ ނާސިހު އާއްމު ކުރެއްވި ބަޔާނުގައި ބުނެފައިވަނީ ޖޫން މަހުގެ 23 ވަނަ ދުވަހު އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް މަސައްކަތުގެ މާހައުލުގައި ކުއްޖަކަށް ގިންސީ ގޯނާ ކުރި ކަމުގެ މައްސަލަ ހުށަހެޅުމުން އެކަން ކުރިޔަށް ގެންދާނެ މާހައުލެއް ނެތްކަމަށް މައްސަލަ ބެލި ކޮމިޓީން ނިންމި ކަމަށެވެ، އަދި ހިންގާ ކޮމިޓީއަށް ހުށަހެޅުމަށްފަހު، އިންޓާނަލް ކޮމިޓީން ވެސް ބެލިކަމަށް ނާސިހު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވެފައިވާއިރު، މަސައްކަތުގެ މާހައުލުގެ ތެރޭގައި އާއި މިދިޔަ ލޮކްޑައުންގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައިގެން އަލީ ވަހީދު މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި އެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލީ ވަހީދު މަގާމުން ވަކި ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: