ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީމީހާ ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ އޮންލައިންކޮށް ރިޕޯޓުކުރެވޭނެ: އިމިގުރޭޝަން

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފިލައިގެން އުޅޭ ބިދޭސީން ނުވަަތަ ބިދޭސީއަކު ގެއްލިގެން އުޅޭނަމަ އޮންލައިންކޮށް ރިޕޯޓުކުރެވޭގޮތަށް މޯލްޑިވްސް އިމިގުރޭޝަނުން އިންތިޒާމުކޮށްފިއެވެ.

މިކަމާއި ގުޅިގެން އިމިގުރޭޝަނުން ބުނީ މާދަމާއިން ފެށިގެން ވަޒީފާދިން ފަރާތަށް ފިލައިގެން ނުވަތަ އެ ބިދޭސީއަކު ގެއްލިގެން އުޅޭނަމަ އެ މައްސަލައެއް ފޯމަކުން އީމެއިލް މެދުވެރިކޮށް އެ އިދާރާއަށް ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ.

އިމިގުރޭޝަނުން ވަނީ ފޯމާއި އެހެނިހެން ލިޔެކިޔުންތަކާއެކު ބިދޭސީންގެ މައްސަލަތައް އެ އިދާރާއަށް މެއިލްކުރުމަށްވަނީ އެދިފައެވެ. މި ގޮތުން ފޯމާއެކު މައސަލަ ހުށަހަޅާ ފަރާތުގ އައިޑީކާޑުގ ކޮޕީއާއި ބިދޭސީމީހާ ގެއްލުނު ދުވަހާއި ނުވަތަ ފިލާފައިވާ ދުވަހާއި ހަމައަށް ވިސާދެއްކިކަމުގެ ލިޔުމާއި ބިދޭސީ މީހާއަށް މުސާރަދީފައި އޭނާ ސޮއިކޮށްފައިވާ މުސާރަ ސްލިޕް ހުށަހަޅަންޖެހޭނެކަމަށް އިމިގުރޭޝަނުން ބުނެއެވެ.

މީގެ އިތުރުން ފޯމު ހުށަހަޅާއިރު ބިދޭސީ މީހާއަށް ދޭންޖެހޭ މުސާރަ ދެވިފައި ހުންނަންވާނެކަމަށާއި ވިސާ ފީ ވެސް ދުވަހުން ދުވަހަށް ދައްކާފައި ހުންނަ މީހެއްކަން ބަލާނެކަމަށް ވެސް އިމިގުރޭޝަނުން ބުނެއެވެ.

މި ދުވަސްވަރަކީ ބިދޭސީން ގެއްލުމުގެ މައްސަލަތައް އިތުރުވެ، ކަމާބެހޭ އިދާރާތަކަށް މައްސަލަތައް ހުށަހެޅެމުންދާ މިންވަރު އިތުރުވެފައިވާ ދުވަސްވަރެއްކަމުން، އެ ފަދަ ބިދޭސީންގެ މައްސަލަ ހުށަހެޅުމަށް އިމިގުރޭޝަނުން ވަނީ ބާރު އަޅާފައެވެ. ބިދޭސީ ން ފިލައިގެން އުޅޭ މައްސަލަ އިތުރުވެފައިވާ މި ދަނޑިވަޅުގައި، ބަންގްލަދޭޝްގެ 08 މީހަކު ފިލާފައިވާކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ. ފުލހުން ހާމަކުރި ގޮތުގައި އެ 08 މީހުންނަކީ ލޮކްޑައުންއާއި ގުޅިގެން އެކިއެކި ކަރަންޓީނު ފެސިލިޓީތަކުގައި ބައިތިއްބާފައިވަނިކޮށް ފިލާފައިވާ ބިދޭސީންކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: