ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުމްހޫރު ފިޤުހުވެރިންގެ ނިންމުންތަކަށް ދިވެހި ސަރުކާރުން ރިޢާޔަތެއްނުކުރޭ: ޝަހީމް

މާތްކަން ލިބިފައިވާ މަސްޖިދުލް ޙަރާމްގައި މީސްތަކުން ނަމާދު ކުރަނީ ގައިދުރުކޮށް ތިބެގެން،
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އިސްލާމީ ރަސްމީ އިދާރާތަކާއި، ޖުމްހޫރު ފިޤުހުވެރިންގެ ނިންމުންތަކަށް ދިވެހި ސަރުކާރުން ރިޢާޔަތް ނުކުރަނީ ކީއްވެތޯ ހިތްޕުޅަށް އަރާކަމަށް ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސުވާލު އުފައްދަވައިފިއެވެ.

ޝަހީމް ސުވާލު އުފައްދަވާފައި މިވަނީ، ކޮވިޑް-19 އާއި ގުޅިގެން ޖަމާޢަތުގައި ނަމާދުކުރުމާއި، ހުކުރުކުރުން މެދު ކަނޑާލާފައި އޮތުމަށްފަހު، މިދިޔަ ހުކުރު ދުވަހުގައި ރާއްޖޭގެ މިސްކިތްތަކުގައި އެއްވެސް ގައިދުރުކަމެއްނެތި ހުކުރުނަމާދު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިކަން ފާހަގަކުރައްވައި ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭގައި ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތު މިހާރު އޮތް ގޮތުން، ޖަމާޢަތުގައި ނަމާދުކުރާއިރު އެންމެ ރަނގަޅުވާނީ ގައިދުރުކޮށް ތިބެގެން ނަމާދުކުރުންކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. މި ގޮތުން ބަލި ފެތުރިފައި އޮތް ސަރަހައްދުތަކުގައި ނަމާދުކުރުން އެންމެ ރަނގަޅީ ގައިދުރުކޮަށް ތިބެގެންކަމަށް އިސްލާމީ ދުނިޔޭގެ ޖުމްހޫރު ދަންނަބޭކަލުން ވެސް ދެކެވަޑައިގަންނަވާކަމަށް ޝަހީމް ވިދާޅުވިއެވެ.

https://twitter.com/Mohamedshaheem1/status/1281819327742775296?s=20

ނަމަވެސް ބަލި ފެތުރިފައިވާ ސަރަހައްދުތަކުގައި ނަމާދުގެ ޖަމާޢަތުގައި ގައިދުރުކަން ބަހައްޓައިގެން ސަފުހެދުމުގެ ކަންތަކުގައި، އިސްލާމީ ރަސްމީ އިދާރާތަކާއި، ޖުމްހޫރު ފިޤުހުވެރިންގެ ނިންމުންތަކަށް ދިވެހިރާއްޖެއިން ޢަމަލު ނުކުރަނީ ކީއްވެތޯ ހިތްޕުޅަށްއަރާކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް މިހެން ވިދާޅުވެފައިވާއިރު، ދުނިޔޭގެ އިސްލާމީ ގިނަ ޤައުމުތަކުންނާއި، ސަޢޫދީ ޢަރަބިއްޔާގެ މިސްކިތްތަކުގައި ޖަމާޢަތް ހަދަނީ ގައިދުރުކޮށް ތިބެގެންކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ރާއްޖޭގެ މިސްކިތްތައް އަލުން ހުޅުވާލައި، ނަމާދުކުރަން ފަށާފައިވާއިރު އެއްވެސް ގައިދުރުކަމެއްނެތި އަންނަނީ ނަމާދުގެ ޖަމާޢަތް ހަދަމުންނެވެ. އަދި ދުނިޔޭގެ ބޮޑެތި ދީނީ ޢިލްމުވެރިންގެ ބަހާއި، ޑރ.މުޙައްމަދު އިޔާޟްގެ ރަޢުޔު ތަފާތުކަން ވެސް ފާހަގަކޮށްލަންޖެއެވެ. މި މައްސަލައިގައި ދުނިޔޭގެ ޢިލްމުވެރިންގެ ރަޢުޔަށް، އިސްލާމީ ޤައުމުތަކުގެ ގިނަ މިސްކިތްތަކުގައި ގައިދުރުކަމާއެކު ޖަމާޢަތް ހަދާއިރު، ޑރ.އިޔާޟް ވިދާޅުވަނީ ހަމައެކަނި ނަމާދަށް ސަފުހަދާއިރު ގައިދުރުކަން ބަހައްޓައިގެން ނުފުދޭނެކަމަށެވެ. އަދި ނަމާދަށް ސަފު ހެދުމުގައި ސޯޝަލް ޑިސްޓެންސް ބަހައްޓަންޖެހޭ ސަބަބެއް ރާއްޖެއަކު ނެތްކަމަށް ވެސް އިޔާޟްވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އިޔާޟްވަނީ ކޮވިޑް ފެތުރެނީ މިސްކިތުގައި ހޭދަކުރާ ކުޑަ ވަގުތުކޮޅުގެ ސަބަބުންތޯއޭ ވިދާޅުވެ ސުވާލުކުރައްވާފައެވެ. އަދި ޢާންމު ދިރިއުޅުމުގެ އެހެން ކަންކަމުގައި، ގައިދުރުކަން ބެހެއްޓުމެއް ނެތިފައި މިސްކިތަށްއަރާ ގަޑީގައި ގައިދުރުކަން ބަހައްޓަން ބުނުމަކީ ހަމަޖެހޭކަމެއްނޫންކަމަށް ވެސް ޑރ.އިޔާޟް ވަނީ ވިދާޅުވެފައެވެ.

https://twitter.com/dr_iyaz/status/1281649971054301186?s=20

މީގެ އިތުރުން ޑރ.އިޔާޟްވަނީ ކޮވިޑް ނުވަތަ އެނޫން މުސީބާތްތަކުން ފުރިހަމަގޮތުގައި ސަލާމަތްވެވޭނީ ސުންނަތަށް ޢަމަލުކޮށްގެންކަމަށް ވިދާޅުވެފައެވެ.

ޑރ.އިޔާޟް މިހެން ވިދާޅުވާއިރު، ނަމާދުގައި ކޮނޑާއިކޮނޑު ޖައްސައި، ތަނބިކަށްޓާއި ތަނބިކަށި ޖައްސައި ސަފުތައް އެއްވަރުކުރުމަށް އަންގަވާފައިވާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ސަބަބުގައި ހިފުމަށް އިސްލާމްދީން ބާރުއަޅާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ. މި ގޮތުން މި ވަގުތަށް މި ޤައުމަށް އެންމެ ރަނގަޅުގޮތަކީ ގައިދުރުކޮަށް ތިބެ ނަމާދުކުރުންކަމަށް ވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: