ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ހިންމަފުށީގައި ހޯމް ކަރަންޓީނުގައި ހުރި ޢުމުރުން ދުވަސްވީ މީހަކު ޕޮޒިޓިވްވެއްޖެ

ހިންމަފުށީގެ މަންޒަރެއެް. ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކ.ހިންމަފުށީގައި ހޯމް އައިސޮލޭޝަންގައި ހުރި ޢުމުރުން ދުވަސްވީ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މި ކަމާއި ގުޅިގެން “ސަންގުޓީވީ” އަށް މަޢުލޫމާތު ދެއްވަމުން، ހިންމަފުށި ކައުންސިލުގެ ނައިބު ރައީސް ހަސަނަ ފާއިޒް ވިދާޅުވީ، އެ ރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ޢުމުރުން 70 އަހަރުގެ ފިރިހެނެއްކަމަށެވެ. އަދި އެ މީހާއަކީ، މާލެ ގޮސް އައިޖީއެމްއެޗުން އޮޕަރޭޝަނެއްކުރުމަށްފަހު އެނބުރި ރަށަށް އައިސް ހޯމް ކަރަންޓީނުގައި ހުރި މީހެއްކަމަށް ވެސް ފާއިޒް ވިދާޅުވިއެވެ.

މީގެ އިތުރުން ފާއިޒް ވިދާޅުވީ، 70 އަހަރުގެ އެ ފިރިހެން މީހާ ހޯމް އައިސޮލޭޝަންގައި ހުންނަތާ 14 ދުވަސް ހަމަވުމާއެކު، ކޮވިޑް-19 އަށް އޭނާ ޓެސްޓުކުރީ މިދިޔަ ބުރާސްފަތި ދުވަހުގައިކަމަށާއި، މި ގޮތުން ހެދި ޓެސްޓުގެ ނަތީޖާ ލިބުމާއެކު ކޮވިޑް-19 އަށް އޭނާ ޕޮޒިޓިވްވެފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ.

ފާއިޒު ވިދާޅުވީ މިކަމާއި ގުޅިގެން ރަށުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުރިއެކޭވެސް އެއްގޮތަށް އަޅާފައިވާކަމަށެވެ.

ހޯމް ކަރަންޓީނުގައި ހުރި މި މީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ކުރިންވަނީ ދެ ރަށެއްގައި ހޯމް ކަރަންޓީނުގައި ތިބި 04 މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މި ގޮތުން ޕޮޒިޓިވްވެފައިވަނީ، ހދ.ނޮޅިވަރަމްގައި ހޯމް ކަރަންޓީނުގައި ހުރި މީހަކާއި، ގއ.މާމެންދޫގައި ހޯމް ކަރަންޓީނުގައި ތިބި 03 މީހުންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ރާއްޖެއިން މިހާތަނަށް، 2617 މީހަކު ޕޮޒިޓިވްވެފައިވާއިރު، ކޮވިޑްގެ ނުރައްކާތެރިކަން އިތުރުވެ، ޕޮޒިޓިވްވާ މިންވަރު ދަނީ އިތުރުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: