ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަފަރިން މާލެގެނައި 92 އަހަރުގެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ނ.ކުޑަފަރި. ފޮޓޯ: ރިޒޯޓްކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ނ.ކުޑަފަރިން މާލެގެނައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެވެއްޖެއެވެ.

“ސަންގު ޓީވީ” އަށް މިއަދު މަޢުލޫމާތު ދެއްވަމުން ނ.ކުޑަފަރީ ކައުންސިލުގެ ރައީސް ޙަސަން މުޙައްމަދު ވިދާޅުވީ، ނ.ކުޑަފަރިން މާލެ ގެންދިޔަ 92 އަހަރުގެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. މި ގޮތުން ޕޮޒިޓިވްވި 92 އަހަރުގެ ފިރިހެންމީހާއަކީ، ފާޚާނާއިން ނިކުންނަނިކޮށް ފައި ބިނދިގެން ނ.މަނަދުއަށް ގެންދިޔަ މީހެއްކަމަށާއި، އަދި އެ ރަށުން އޭނާ މާލެއަށް ގެންގޮސްފައިވާކަމަށެވެ. އަދި މާލެ ގެންގޮސްފައި އޭނާ ގެންދިޔައީ އައިޖީއެމްއެޗުގެ އިމަޖެންސީއަށްކަމަށާއި، އެ ތަނަށްދިޔަތާ 02 ގަޑިއިރެއްހައި އިރުތެރޭގައި، އޭނާ ޕޮޒިޓިވްވެފައިވާކަމަށް އައިޖީއެމްއެޗުން ބުނެފައިވާކަމަށް ވެސް ޙަސަން މުޙައްމަދު ވިދާޅުވިއެވެ.

މީގެ އިތުރުން ޙަސަން މުޙައްމަދު ވިދާޅުވީ، ޕޮޒިޓިވްވި މީހާގެ ދެވަނަ ސާމްޕަލެއް ނެގުމުގެ މަސައްކަތް އައިޖީއެމްއެޗުންކުރަމުންދާ ކަމަށާއި، އޭނާ ޕޮޒިޓިވްވުމުން ސުވާލު އުފެދިފައިވާކަމަށެވެ.

ސުވާލު އުފެދެނީ ކޮންސަބަބަކާ ހުރެތޯ ޙަސަން މުޙައްމަދަށް ސުވާލު ދަންނަވައިލުމުން ވިދާޅުވީ ޕޮޒިޓިވްވި މީހާއަކީ ގެއިން ބޭރަށް ވެސް ނިކުމެ އުޅޭ މީހެއް ނޫންކަމަށާއި، އޭނާ މާލެ ގެންދިޔަތާ 2 ގަޑިއިރު ނުވަނީސް ޕޮޒިޓިވްވެފައިވާކަމަށް ބުނުމުން އެއީ ކިހިނެއްވީ ކަމެއްތޯވެސް ސުވާލު އުފެދޭކަމަށެވެ. އަދި އޭނާއަކީ އިތުރު ބޮޑު ބައްޔަކަށް ފަރުވާކުރާ މީހެއް ވެސް ނޫންކަމަށާއި، އޭނާގެ ގައިން އެއްވެސް ޢަލާމާތެއް ވެސް ފެނިފައިނުވާކަމަށެވެ. މީގެ އިތުރުން އެއްވެސް އުނދަގުލެއްވޭތޯ އަދި ކަރުތެރެ ހިރުވާގޮތްވޭތޯ ޑޮކްޓަރު އޭނާއާއި ސުވާލުކުރެއްވުމުން، އެކަހަލަ އެއްވެސްކަމެއްނުވާކަމަށް ޕޮޒިޓިވްވި މީހާ ބުނިކަމަށް ވެސް ޙަސަން މުޙައްމަދު ވިދާޅުވިއެވެ.

މީގެ އިތުރުން ޙަސަން މުޙައްމަދު ވިދާޅުވީ ޕޮޒިޓިވްވި މީހާގެ ކާފަދަރިއެއް ވެސް މީގެ ދެތިން ދުވަސްކުރިން އަތަށް ލިބުނު އަނިޔާއަކާއި ގުޅިގެން މާލެގެންގޮސްފައިވާކަމަށާއި، އެ ކުއްޖަގެ ސާމްޕަލްވެސް ނަގާފައިވާކަމަށާއި، ނަމަވެސް އެ ސާމްޕަލްގެ ރިޒަލްޓް ލިބޭނީ ދެތިން ދުވަސް ފަހުންކަމަށް ވެސް މަޢުލޫމާތު ލިބިފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: