ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ހުޅުދުއްފާރުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެއްޖެ

ރ.ހުޅުދުއްފާރު. ފޮޓޯ: އުނގޫފާރުޑޮޓްކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރ.ހުޅުދުއްފާރުގައި ހޯމް ކަރަންޓިނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޮޒިޓިވްވެއްޖެއެވެ.

މިކަމާއި ގުޅިގެން “ސަންގު ޓީވީ” އަށް މަޢުލޫމާތު ދެއްވަމުން ހުޅުދުއްފާރުގެ ކައުންސިލްގެ ރައީސް ޢަލީ ޖާވިދު ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މެދު ޢުމުރުގެ ފިރިހެނެއްކަމަށެވެ. އަދި އެ މީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ޔަޤިންކުރެވުނީ، ހޯމްކަރަންޓީނުގައި ހުންނަތާ 14 ދުވްސް ހަމަވުމުން ނެގި ސާމްޕަލްގެ ނަތީޖާ ލިބުނު ހިސާބުންކަމަށް ޖާވިދު ވިދާޅުވިއެވެ. އޭނާގެ ހޯމް ކަރަންޓީނުގެ މުއްދަތު ހަމަވެފައިވަނީ ހުކުރުދުވަހުކަމަށާއި، ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޮނިހިރުދުވަހުކަމަށް ވެސް ޖާވިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޖާވިދު ވިދާޅުވީ، ޕޮޒިޓިވްވި މީހާ ދިރިއުޅެމުން އަންނަ ގޭގައި އެއްވެސް މީހަކު ނޫޅޭކަމަށާއި، އަދި އެއްވެސް މީހަކު އޭނާއާއި ޑައިރެކްޓް ކޮންޓެކްޓްވެފައިނުވާކަމަށެވެ. އަދި އޭނާ މިހާރު ވެސް ހުރީ ހޯމް ކަރަންޓީނުގައިކަމަށް ވެސް ޖާވިދު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރަށުގެ ހާލަތާއި ބެހޭގޮތުން ސުވާލު ދަންނަވައިލުމުން ޖާވިދު ވަނީ، އެ އަތޮޅު ދުވާފަރުން ފެންމަތިވި ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ރަށުގައި މިހާރު ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތްކުރިއަށްދާކަމަށް ވެސް ވިދާޅުވެފައެވެ.

ދުވާފަރުން ކޮވިޑް-19 އިގެ ޕޮޒިޓިވް ކޭސްތަކެއް ފެންމަތިވެފައިވަނީ ހޮނިހިރުދުވަހުގެރޭގައެވެ. މި ގޮތުން އެ ރަށުގައި ހޯމް ކަރަންޓީނުގައި ތިބި 03 މީހަކުވަނީ ޕޮޒިޓިވްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: