ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަފަރީ ޕޮސިޓިވް ކޭސް: ޑައިރެކްޓް ކޮންޓެކްޓްވި 30 މީހުން ފާހަގަކުރެވި ރަށް މޮނިޓަރިންގެ ހާލަތަށް

ނ.ކުޑަފަރި. ފޮޓޯ: ރިޒޯޓްކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިގެ ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން ނ.ކުޑަފަރި މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

“ސަންގު ޓީވީ” އަށް މިއަދު މަޢުލޫމާތު ދެއްވަމުން ނ.ކުޑަފަރީގެ ކައުންސިލްގެ ނައިބު ރައީސް ޖަޛްލާން އާދަމް ވިދާޅުވީ، އާދިއްތަދުވަހުގެ 11:56 ގައި އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާކަމަށެވެ. މި ގޮތުން ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބަޫބަކުރު ސޮއިކުރައްވާފައި ކުޑަފަރީ ކައުންސިލަށް ފޮނުއްވި ލިޔުމުގައި، ސިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި، ވަކިގޮތެއް އަންގަންދެން ރަށުގައި މި ވަގުތު ތިބި އެއްވެސް މީހަކު ރަށުން ނުފޭބުމަށާއި، އެ އެޖެންސީގެ ހުއްދައެއްނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށް ބަޔާންކޮށްފައިވާކަމަށް ވެސް ޖަޛްލާން އާދަމް ވިދާޅުވިއެވެ.

ކުޑަފަރިން މީހަކު ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން އަންގާފައިވަނީ، ހޮނިހިރުދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ. މި ގޮތުން އެ ރަށުން ޕޮޒިޓިވްވެފައިވަނީ ޢުމުރުން 92 އަހަރުގެ ފިރިހެނެއްކަމަށާއި، އޭނާއަކީ ފާޚާނާއިން ނިކުމެގެން އަންނަނިކޮށް ވެއްޓި ފައިބިނދިގެން ސީއެމްބިއުލާންސްގައި ނ.މަނަދޫ އަށް ގެންދިޔަ މީހެއްކަމަށް ޖަޛްލާން ވިދާޅުވިއެވެ. އަދި މަނަދޫ ހެލްތު ސެންޓަރުން އޭނާ ބެލުމަށްފަހު މާލެ ގެންގޮސްފައިވާކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ޖަޛްލާން ވިދާޅުވީ ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވެފައިވާ 30 މީހަކު ފާހަގަކުރެއްވިފައިވާކަމަށާއި، އެ މީހުންނަކީ ޕޮޒިޓިވްވި މީހާ މަނަދުއަށް ގެންދިއުމުގައި ހަރަކާތްތެރިވި މީހުންކަމަށެވެ.

ކުޑަފަރީގެ ކައުންސިލްގެ ރައީސް ސަންގަށް މަޢުލޫމާތުދެއްވަމުން މިއަދު ހެނދުނު ވިދާޅުވި ގޮތުގައި ޕޮޒިޓިވްވި މީހާގެ ދެވަނަ ސާމްޕަލެއް ވެސް ނެގުމުގެ މަސައްކަތް އައިޖީއެމްއެޗުން އަންނަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: