ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްތިއުފާ ނުދިނުމުން އަލީ ވަހީދުގެ އިތުބާރު ނެތް މައްސަލައެއް ޖޭޕީ ކައުންސިލަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ދިނުމުން އަލީ ވަހީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް

 އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އަލީ ވަހީދަށް އެންގެވި ނަމަވެސް މަގާމުން އިސްތިއުފާ ދެއްވާފައިނުވާތީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކައުންސިލަށް ހުށައަޅަން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ޖިންސީ ގޯނާގެ ތުހުމަތުކޮށް މިނިސްޓަރު ކަމުން އަލީ ވަހީދު ވަކިކުރުމާއެކު ޕާޓީގެ ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ އަންގަވާފައެވެ.

ޖޭޕީގެ އިސް ބޭފުޅަކު “ސަންގު” އަށް ވިދާޅުވީ، އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ޕާޓީގެ ލީޑަރު އެދިވަޑައިގަތުމުންވެސް އެކަން ކުރައްވާފައިނުވާ ކަމަށެވެ. އަދި އަލީ ވަހީދަށް ތުހުމަތުކުރެވޭ ކަންކަމުގެ ސަބަބުން ޕާޓީގެ ލީޑަރޝިޕާއި އާންމު މެންބަރުންގެ ނުރުހުންވެސް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދާއި މެދު ގޮތެއް ނިންމުމަށް މި ހަފްތާގެ ތެރޭގައި ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވާނެ ކަމަށާއި ޕާޓީ ކައުންސިލުގެ ރޫހު އޮތީ އަލީ ވަހީދު މަޤާމުން ވަކިކުރާ ގޮތަށް ކަމަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވިއެވެ.

އަލީ ވަހީދު، ޖުމްހޫރީ ޕާޓީގެ ރައީސް ކަމުންނާއި މެންބަރު ކަމުން ވަކި ކުރުމަށް އެ ޕާޓީގެ ކައުންސިލަށް ކުއްލި މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް ޕާޓީގެ އަސާސީ ޤަވައިދާ ތަޢާރަޒުވާ ބައެއް ކަންކަން ހުރުމުން އެކަންތައްތައް އިސްލާހު ކުރުމަށް ވަނީ އަންގާފައެވެ.

އަލީ ވަހީދުގެ މައްޗަށް މުވައްޒަފުން ކުރާ ތުހުމަތުތައް މަދެއް ނޫނެވެ. އޭގެ ތެރޭގައި ސަރުކާރުގެ ރަސްމީ ދަތުރުތަކުގައި، މިނިސްޓަރާ އެކު ދާން ޖެހޭ އަންހެނުންނަށް ކުރިމަތިވި އުނދަގޫތަކުގެ އިތުރުން އޮފީސް ތެރޭގައި ވެސް އެކަހަލަ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެ އެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގައި ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުން އޭނާ އެންމެފަހުން މަގާމުން ވަކިކުރެއްވީއެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ ރައީސް އޮފީހުގެ އިތުރުން ޖެންޑާ މިނިސްޓްރީ އަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ފުލުހުންނަށް ވެސް އެ މިނިސްޓްރީން އޮތީ ފޮނުވައިފަ އެވެ. ފުލުހުންވެސް އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: