ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ވާހަކަ ދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ހުސްވި އަހަރު ޤައުމީ އިނާމު ހާސިލުކުރެއްވި މުޙައްމަދު ޝިފާން، ރައީސް ޞާލިޙާއެކު. ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ވަނީ، މި އަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، ޤައުމީ އިނާމާބެހޭ ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. ޤައުމީ އިނާމަށް މި އަހަރު ވެސް އިނާމު ދެއްވާނީ، މައިގަނޑު 33 ދާއިރާއަކުންނެވެ.

އެ ދާއިރާތަކަކީ..

1. ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާ
2. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާ
3. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާ
4. ދިވެހި ތާރީޚުގެ ދާއިރާ
5. ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާ
6. ޤައުމީ ތަރިކައިގެ ދާއިރާ
7. ތަޢުލީމީ ދާއިރާ
8. ސިއްހީ ދާއިރާ
9. ޤާނޫނީ ދާއިރާ
10.އިޖުތިމާޢީ ރައްކައު ތެރިކަމާއި، އިންސާނީ ޙައްޤުތައް ދިރުވައި ކުރިއެރުވުމުގެ ދާއިރާ
11.ދަޢުލަތުގެ ގަވަރނަންސް ހަރުދަނަކުރުމުގެ ދާއިރާ
12.ތިމާވެށްޓާއި ހަކަތައިގެ ދާއިރާ
13.މަސްވެރިކަމުގެ ދާއިރާ
14.ފަތުރުވެރިކަމުގެ ދާއިރާ
15.ދަނޑުވެރިކަމުގެ ދާއިރާ
16.އާދަޔާއި ޚިލާފު ހިތްވަރުގަދަކަމުގެ ރޮނގު(ބްރޭވަރީ)
17.އިޖުތިމާޢީ ޚިދުމަތުގެ ދާއިރާ
18.ވިޔަފާރިއާއި އިޤުތިސާދުގެ ދާއިރާ
19.ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާ
20.ބޯޓް ބިލްޑިންގްގެ ދާއިރަ
21.މަސައްކަތްތެރިކަމުގެ ދާއިރާ
22.ޑައިވިންގގެ ދާއިރާ
23.ހެއަރ އެންޑް ބިއުޓީގެ ދާއިރާ
24.ޢިމާރާތްކުރުމާއި، ޢިމާރާތް ފަރުމާކުރުމުގެ ދާއިރާ
25.ދަތުރުފަތުރުގެ ދާއިރާ
26.މުވާޞަލާތާއި އިންފޮމޭޝަން ޓެކޮނޮލޮޖީގެ ދާއިރާ
27.ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާ
28.ކުޅިވަރުގެ ދާއިރާ
29.ވިޜުއަލް އާޓްސްގެ ދާއިރާ
30.ޕަރފޯމިންގ އާޓްސްގެ ދާއިރާ
31.އެޕްލައިޑް އާޓްސްގެ ދާއިރާ
32.އަންހެނުންގެ ދާއިރާ
33.ޒުވާނުންގެ ދާއިރާ

ރައީސް އޮފީހުން މިއަދު ހާމަކުރިގޮތުގައި، ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ، އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކާއި، ދާއިރާތަކުގެ ރޮނގުތަކާ ގުޅޭގޮތުން ސަރުކާރުގެ މިނިސްޓްރީތަކާއި، އެހެނިހެން މުއައްސަސާތަކުގެ ޚިޔާލުހޯދައި ގެންނަންޖެހޭ ބަދަލުތައް ގެނެސްފައެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި، އެހެނިހެން އަހަރުތަކެކޭ ވެސް އެއްފަދައިން، ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކަށާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށާއި، ކުންފުނި، ޖަމާޢަތްފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ މި އަހަރު ވެސް ހަމަޖައްސަވާފައެވެ. މީގެ އިތުރުން، ސަރުކަރުގެ އިދާރާތަކަށާއި، މިނިވަން މުއައްސަސާތަކަށް ވެސް ޤައުމީ އިނާމަށް ނަން ހުށަހެޅޭގޮތަށް ހަމަޖެހިފައިވާކަމަށާއި، ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްފަދަ ތަންތަނުން އިނާމަށް ނަން ހުށަހަޅާނީ އެ ކަމަށް ކަނޑައެޅިފައިވާ ފޯމުގައިކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މި ގޮތުން، ޤައުމީ އިނާމަށް ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، އަންނަ އޯގަސްޓުމަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. އަދި ފޯމު ބަލައިގަންނާނީ އޯގަސްޓުމަހުގެ 04 ވަނަ ދުވަހުން ފެށިގެން، އެ މަހުގެ 13 ވަނަ ދުވަހާއި ދެމެދު، ކޮންމެ ދުވަހަކުވެސް ހެނދުނު 08:00 އިން ފެށިގެން، މެންދުރުފަހު 14:00 ގައިކަމަށް ވެސް ރައީސް އޮފީހުންވަނީ ބުނެފައެވެ.
އަދި ފޯމު ފޮނުވަންޖެހޭނީ،

ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސްކޮށް ރައީސް އޮފީހަށްކަމަށާއި، ރަސްމީ ގަޑީގައި ރައީސް އޮފީހުން ފޯމު ލިބެން ހުންނާނެކަމަށެވެ. މީގެ އިތުރުން ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: