ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންއައިސީގެ ނައިބު ރައީސްއާއި، އެ ކޮމިޝަންގެ 02 މެންބަރަކު އިސްތިއުފާ ދެއްވައިފި

އެންއައިސީގެ ނައިބު ރައީސް ހައްސާން ހަމީދުއާއި، އެ ކޮމިޝަންގެ ކުރީގެ ރައީސް ޔޫސުފް މާނިޢު. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން(އެންއައިސީ) ގެ ނައިބު ރައީސް ހައްސާން ހަމީދުގެ އިތުރުން، އެ ކޮމިޝަންގެ އިތުރު 02 މެންބަރަކު އިސްތިއުފާ ދެއްވައިފިއެވެ.

އެންއައިސީގެ ނައިބު ރައީސް ހައްސާން ހަމީދުގެ އިތުރުން، އިސްތިއުފާ ދެއްވާފައިވަނީ އެ ކޮމިޝަންގެ މެންބަރު އަޙްމަދު އަމީންއާއި، މެންބަރު ޚަދީޖާ ޢަބްދުﷲ ކަމަށް ރައީސް އޮފީހުން މިއަދު ވަނީ ކަށަަވަރުކޮށްދެއްވާފައެވެ.

އެންއައިސީގެ ނައިބު ރައީސް ހައްސާން ހަމީދުގެ އިތުރުން، އެ ކޮމިޝަންގެ އިތުރު 02 މެންބަރަކު އިސްތިއުފާ ދެއްވާފައި މިވަނީ، އެ ކޮމިޝަންގެ 04 މެންބަރަކު ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެންއައިސީގެ މެންބަރުން ވަކިކުރަން ރައީސް ޞާލިޙަށް ހުށަހެޅުއްވުމަށް ސަބް ކޮމިޓީން ނިންމާފައިވަނީ، އެ ކޮމިޝަންގެ މެންބަރުން ވަކިކުރެއްވުމުގެ އިޚްތިޔާރު ރައީސް ޞާލިޙަށް ޤާނޫނީ އިމުގެތެރެއިން ލިބިދޭކަމަށްވާތީއެވެ. މި ގޮތުން ރައްޔިތުންގެ މަޖިލީހުގެ މުއައްސަސާތަކުގެ ކޮމިޓީން މި ނިންމެވުން ނިންމެވީ މި ހުސްވި ޖޫންމަހުގެ 08 ވަނަ ދުވަހުގައެވެ.

މި ނިންމެވުން ނިންމަވަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެތެރެއިން ސަބް ކޮމިޓީއެއް ނަގައި، އެ ކޮމިޓީއާއި ވަނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޤަތުލުކޮށްލި މައްސަލައިގައާއި، ޢާންމުންގެ ބަޔަކަށް އަނިޔާކުރި ފުލުހުންތަކެއްގެ ދިފާޢުގައި މީސްމީޑިއާ(ސޯޝަލްމީޑިއާ) ގައި ކެމްޕޭންކުރި ފުލުހުންގެ މައްސަލައިގައި އެންއައިސީ ޢަމަލުކުރި ގޮތްބެލުމަށް ހަވާލުކޮށްފައެވެ.

މި ގޮތުން ސަބް ކޮމިޓީގެ ތަހުޤީޤުތައް ނިމި އެ ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ވަނީ، އެންއައިސީގެ 04 މެންބަރަކު މަޤާމުގެ މަސްއޫލިއްޔަތު އެދެވޭގޮތެއްގައި އަދާނުކުރާކަމަށް ފާހަގަކޮށްފައެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ، އެ 04 މެންބަރުންނަކީ، އެންއައިސީގެ ރައީސް އަޙްމަދު ސުލައިމާނާއި، އެ ކޮމިޝަންގެ ނައިބު ރައީސް ހައްސާން ހަމީދާއި، މެންބަރު އަޙްމަދު އަމީންއާއި، މެންބަރު ޚަދީޖާ ޢަބްދުﷲ ކަމަށެވެ.

އެންއައިސީގެ 04 މެންބަރަކު ވަކިކުރުމަށް ނިންމައި ރައީސްއަށް ހުށަހެޅުމަށް ސަބް ކޮމިޓީން ނިންމާފައިވާއިރު، މި ސަރުކާރުން އެންއައިސީއަށް ޢައްޔަންކުރެއްވި މެންބަރު އަޙްމަދު ޖިހާދު ވަކިކުރަން ނިންމާފައެއްނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: