ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ބަދަލުވިޔަސް، މުހިންމު ލިޔެކިޔުންތަކަށް ޒިންމާވާންޖެހޭ: އަސްލަމް

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ބަދަލުވާއިރު، އިދާރާތަކުގައި ހުންނަ މުހިންމު ލިޔެކިޔުންތައް ގެއްލުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށާއި އެކަން އެގޮތަށް ނުވާނެ ގޮތެއް ހޯދަންޖެހޭކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ބިންކޮޅެއް، ގޯއްޗެއް ނުވަތަ ފްލެޓެއް ދޭނެކަމަށް ސަރުކާރުން ލިޔުމެއް ހަވާލުކޮށްފައިވާނަމަ، އެލިޔުމަކާއި އެއްގޮތަށް އެކަމެއް ސަރުކާރުން ކޮށްދޭނެ ކަމަށެވެ. އެހެންނަމަވެސް، ލިޔުމެއް ނެތްނަމަ، ނުވަތަ ލިޔުން ގެއްލިފައިވާނަމަ އެކަން ކޮށްދެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

މިނިސްޓްރ ވިދާޅުވީ، ވެށިފަހި މާލެ ޕްރޮޖެކްޓްގެ ދަށުން ދޫކުރި ލިޔެކިޔުންތަކާއި އެލިޔެކިޔުންތަކާއި ގުޅުންހުރި އެއްވެސް އެެއްޗެއް ދައުލަތުގެ އެއްވެސް އިދާރާއެއްގައި ފެންނަ ހިސާބުގައި ނެތް ކަމަށެވެ. މިއީ މިކަން ހިނގަން ޖެހޭނެ ގޮތެއްނޫން ކަމަށާއި ވެރިކަން ބަދަލުވާއިރު، ދައުލަތުގައި ހުންނަ ލިޔެކިޔުންތައް ބެލެހެއްޓުމުގެ ޒިންމާ އަލަށް ހަވާލުވާ ސަރުކާރުން ނަގަންޖެހޭނެ ކަމަށެވެ.

އެއްވެސް ހާލެއްގައި ކުރީ ސަރުކާރުން ލިޔެކިޔުންތައް ވަގަށް ނެގީކަމަށް ވިދާޅުނުވާ ކަމަށާއި އެހެންނަމަވެސް، އެލިޔެކިޔުންތައް ޒިންމާދާރުކަމާއެކު ބެލެހެއްޓޭނެ ގޮތެއް އޮންނަންވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކާއި ގުޅޭގޮތުން މެމްބަރުން ސުވާލުކުރެއްވުމުން މިނިސްޓަރ ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ލިސްޓު މިމަސް ނިމޭ ހިސާބުން ފެށިގެން އިއުލާން ކުރާނެ ކަމަށާއި އެތަނުގައި ދިރިއުޅެން ފެށޭވަރުވާނީ އަށް މަސް ދުވަސް ފަހުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: