ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑާއި ގުޅިގެން ބަންދުކުރި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައިފި

ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގައި ފެތުރެމުންދިޔަ ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގެ ބޯޑަރު ހަތަރު މަސް ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން މިއަދު ހުޅުވާލައިފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗްމަހުގެ 27 ވަނަ ދުވަހުއެވެ. އަދި އަލަށް ހުޅުވާލީ އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ބޯޑަރު ހުޅުވުމުގެ ރަސްމިއްޔާތުގައި މި ރަސްމިއްޔާތުގައި، ޓޫރިޒަމް މިނިސްޓްރީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ޓްރާސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑައިގަތެވެ.

ބޯޑަރު އަލުން ހުޅުވައިލުމާ ގުޅިގެން މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ފުރަތަމަ ޖެއްސީ ގަތަރު އެއާވޭސްގެ (ކިއުއާރު 672) މަތިންދާބޯޓެކެވެ. ގަތަރު އެއާވޭސްގެ ފްލައިޓް ޖެއްސުމާއެކު ވޯޓާ ސެލިއުޓެއް ދިނެވެ.

ގަތަރުވެ ވެރިރަށް ދޯހާއިން ރާއްޖެ އައި، މި ފްލައިޓުން 128 މީޙަކު ރާއްޖެ އައިސްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 24 ދިވެހިންނާއި 104 ފަތުރުވެރިންނެވެ.

ބޯޑަރު ހުޅުވާއިރު 11 އެއާލައިނެއް ރާއްޖެ އަންނަން ވަނީ ޝެޑިއުލްކޮށްފަ އެވެ. ރާއްޖެއަށް މި މަހު ތެރޭގައި ޖައްސަން ޝެޑިއުލްކޮށްފައި ވަނީ ތިން އެއާލައިނަކުންނެވެ. އަންނަ މަހުގައި ހަ އެއާލައިންއެއް އައުމަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާއިރު 40 ރިސޯޓަކުން މިއަދުން ފެށިގެން ހިދުމަތް ދޭނެ އެވެ. ގިނަ ރިސޯޓޫތައް ހުޅުވާނީ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: