ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުޝާމް ރައީސް ނަޝީދަށް: މިއީ އިންސާފް ކަމަށްވަންޏާ ހަމަ ސާބަސް!

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ މަޖިލީހަށް ހުށައެޅުއްވުމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެމްޑީޕީ މެމްބަރުންގެ އިންސާފުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ކުރީގެ ނައިބް ރައީސް އަދީބުގެ މައްސަލަ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު ނިންމެވި ގޮތާއި ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި މައްސަލައަށް އުޝާމް ވާހަކަދައްކަވަން ފެއްޓުވުމުން ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އުޝާމްގެ ވާހަކަ ދެބުރަށް މެދުކަނޑާލައްވާފައެވެ. އަދި އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކުރައްވައި އުޝާމް ވަނީ އޭނާގެ ވާހަކަ މެދުކަނޑާނުލައްވައި ވާހަކަ ފުރިހަމަކުރުމަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ.

މެމްބަރު އުޝާމްގެ ވާހަކަފުޅު ފުރަތަމަވެސް ފެއްޓެވީ ފަނޑިޔާރަކާއި ގުޅުންހުރި އެއްވެސް މައްސަލައެއް މަޖިލީހަށް ހުށަނޭޅޭނެ ކަމަށް ވިދާޅުވަމުންނެވެ. އެގޮތުން ކުރީގެ ނައިބްރައީސް އަހުމަދު އަދީބަކީ ދިވެހި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ބޭފުޅެއްގެ ގޮތުގައި ވަރަށް ގިނަ ބަޔަކު ސިފަ ކުރައްވާ ކަމަށާއި އެހެންކަމުން އެ މައްސަލަ ބަލަންޖެހޭ ކަމަށް ޚުދު އެބޭފުޅާވެސް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެހެންނަމަވެސް، ވަކި ބަޔަކު ބޭނުންނުވާ ގޮތަކަށް ފަނޑިޔާރަކުހުކުމެއް ކުރެއްވުމުން އެފަނޑިޔާރަކު ރިޝްވަތު ނެންގެވީކަމަށް ތުހުމަތުކުރައްވައި މައްސަަލަ މަޖިލީހަށް ހުށައެޅިދާނެތޯ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ގާނޫނީ ހަމައަކީ ހުކުމަކާއިމެދު ހިތްހަމަ ނުޖެހޭނަމަ، އެހުކުމް އިސްތިއުނާފް ކުރުންކަމުގައި އުޝާމް ވިދާޅުވިއެވެ.

މެމްބަރު އުޝާމް މިހެން ވިދާޅުވުމުން، އުޝާމްގެ ވާހަކަތައް މެދުކަނޑާލައްވައި ރައީސް ނަޝީދު ވަނީ މަޖިލީހަށް ހުކުމްތަކާއި ގުޅުންހުރި މައްސަލައެއް ހުށައެޅިފައިނުވާ ކަމަށާއި މަޖިލީހަށް ހުށައެޅިފައިވަނީ އިޖުރާއަތްތަކާއި ގުޅުންހުރި މައްސަލައެއް ކަމަށް ވިދާޅުވިއެވެ. 

މެމްބަރު އުޝާމަށް ވާހަކަ ކުރިއަށް ގެންދެވުމަށް ފުރުސަތު ދެއްވުމަށްފަހު، އަނެއްކާވެސް ވަނީ އުޝާމްގެ ވާހަކަ މެދުކަނޑާލާފައެވެ. އަދި މިކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް އުޝާމް ވަނީ ވާހަކަ ކުރިއަށް ގެންދެވުމަށް ފުރުސަތު ދިނުމަށް އެދިވަޑައިގެންފައެވެ.

”މައްސަލަ އައިސް މިހުއްޓެނީ ފަނޑިޔާރެއްގެ ގާބިލް ކަމާއިމެދު ސުވާލު އުފެދޭ ހިސާބުގައި. ފަނޑިޔާރުގެ ސުލޫކީ މައްސަލައެއްގައި. އެހެންވީމަ މައްސަލަ ހުށައަޅަންޖެހޭނީ ޖޭއެސްސީއަށޭ އަޅުގަނޑު މިދަންނަވަނީ. އެކަމަކީ މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވައިގެން ކުރައްވަންޖެހޭ ކަމެއްނޫން. މިއީ ތިބޭފުޅުން ތިދަންންވާ އިންސާފުކަމަށްވާނަމަ ސާބަހޭ ދަންނަވަންޖެހޭނީ.“

އަހުމަދު އަދީބުގެ ދައުވާތައް ބާތިލްކަމަށް ގާޒީ އިސްމާއިލް ރަޝީދު ނިންމެވުމާއި ގުޅިގެން އަދީބު ވަނީ މިނިވަންވެފައެވެ. މިމައްސަލަ މިގޮތަށް ނިންމެވި ފަނޑިޔާރުގެ މައްސަލަ ބެލުމަށް ބަޖިލީހަށް ހުށައެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: