ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ގެވެށި ގުޅުން“ ކެމްޕެއިން އިފްތިތާހްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

”ގެވެށި ގުޅުން“ ނަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިސްނަގައިގެން ކުރިއަށްގެންދާ ގައުމީ ކެމްޕެއިން އިފްތިތާހްކޮށްފި އެވެ.

މި ކެމްޕެއިން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދު ދީދީ އެވެ. މުޖުތަމައުގައި މިފަހަކަށް އައިސް އިތުރުވަމުން އަންނަ ގެވެށި އަނިޔާގެ މައްސަލައާ ގުޅޭ ގޮތުން މުޅި މުޖްތަމައު ހޭލުންތެރިކުރުމުގެ މަގްސަދުގައި މިއަދު ހަވީރު ފެށި މި ކެމްޕެއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ތިން މަސްދުވަހުގެ މުއްދަތަށެވެ.

ކެމްޕެއިން ފެށުމުގެ ގޮތުން ވާޗުއަލްކޮށް މިއަދު ކުރިއަށްގެންދިޔަ އިވެންޓްގައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ހާއްސަ މެސެޖެއް ވަނީ ގެނެސްދީފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޚްގެ މެސެޖްގައި ގެވެށި އަނިޔާގެ މައްސަލައަކީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ރާއްޖޭގައި އޮތް އިޖްތިމާއީ މައްސަލައެއް ކަމަށާއި ޖެންޑަރ މިނިސްޓްރީގެ ފަރާތުން ފެށި ”ގެވެށި ގުޅުން“ ކެމްޕެއިންގެ ހެޔޮ އަސަރު މުޖުތަމުއުން ފެނިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

”ގެވެށި ގުޅުން“ ކެމްޕެއިން އިފްތިތާހްކޮށްދެއްވުމަށްފަހު މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޗަލް ސަރވިސަސް އާއިޝަތު މުހައްމަދު ދީދީ ދެއްކެވި ވާހަކަފުޅުގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ބޮޑު އިންސައްތަ އެއް ހިއްސާކުރަނީ އަންހެނުން ކަމަށް ވުމާއެކު ކެމްޕެއިންގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ފިރިހެން ބޭފުޅުންގެ ބައިވެރިވުން ވީހާވެސް ބޮޑަކަށް އޮތުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވި އެވެ. އަދި މި ކެމްޕެއިން އިފްތިތާހްކުރުމާ ހަމައަށް ކުރެވުނު މަސައްކަތްތަކައި ފިރިހެން ބޭފުޅުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަ ކަމަށާއި އެކަން ކުރިއަށް އޮތްތަނުގައިވެސް ފެނިގެންދާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ގައުމީ ފެންވަރުގެ ކެމްޕެއިނެއް ވާޗުއަލްކޮށް އިފްތިތާހްކުރި މިއީ ފުރަތަމަ ފަހަރެވެ. ކެމްޕެއިން ފެށުމަށް ބޭއްވި ހާއްސަ އިވެންޓްގައި ކެމްޕެއިން އަށް ހާއްސަކުރެވިފައިވާ ލަވައެއް ވެސް ދައްކައިފަ އެވެ.

މައިގަނޑު ގޮތެއްގައި މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާމި މި ކެމްޕެއިންގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފަ އެވެ. މިގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ގެނެސްދެވޭ ލައިވް ޕްރޮގްރާމް ތަކުގެ އިތުރުން ހޭލުންތެރިކުރުމުގެ މެސެޖްތައް ސޯޝަލް މީޑިއާ މެދުވެރިކޮށްގެންނާއި، ސްޓްރިޓް އާޓް އަދި ބިލްބޯޑް ފަދަ ވަސީލަތްތަކުގެ އެހީގައި އާންމުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ސަރުކާރުގެ ބައެއް ބޮޑެތި ކުންފުނި ތަކުން ފޯރުކޮށްދިން އެހީތެރިކަމާއި، ކްރިއޭޓިވް އާޓްގެ ދާއިރާގައި ރާއްޖޭގައި ތިބި ބައެއް މަޝްހޫރު ފަންނާނުން ހިލޭ ސާބަހަށް ކޮށްދެއްވި މަސައްކަތްތަކާއެކު ފެށި ކެމްޕެއިންގެ ހަރަކާތްތަކަށް ގިނަ ބައެއްގެ އެހީތެރިކަން ކުރިއަށް އޮތް ތަނުގައިވެސް ލިބިގެންދާނެ ކަމަށް ޖެންޑަރ މިނިސްޓްރީން އުއްމީދުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: