ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު 29 ދިވެހިންނާއެކު ޖުމްލަ ޢަދަދު މައްޗަށް ޖެހިލައިފި

ފޮޓޯ: އޭދަފުށި ވޮއިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިތުރު ދިވެހިންތަކަކާއެކު، ކޮވިޑް-19 އަށް 30 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ މި ކަން ކަށަވަރުކޮށްދެއްވާފައެވެ. މި ގޮތުން އެޗްޕީއޭއިން ބުދަދުވަހުގެރޭ ކުރި ޓްވީޓެއްގައި ބުނީ، ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 30 މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި މި އެންމެންނަކީ ވެސް އަންގާރަދުވަހުގެ ހަވީރު 18:00 އާއި ހަމައިން، ބުދަދުވަހުގެ ހަވީރު 18:00 އާއި ހަމައަށް ޕޮޒިޓިވްވެފައިވާ މީހުންކަމަށް ވެސް އެޗްޕީއޭއިން ރިޕޯޓުކޮށްފައިވެއެވެ. މި ގޮތުން ރާއްޖެއިން މިހާތަނަށް ޖުމްލަ 2،831 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް ވެސް އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެއެވެ.

އެޗްޕީއޭއިން ހާމަކުރި ގޮތުގައި އެންމެ ފަހުން މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ، 29 ދިވެއްސެއްގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތެކެވެ. މި އަދަދުތަކާއެކު ރާއްޖެއިން މިހާތަނަށް 1،131 ދިވެހިން ޕޮޒިޓިވްވެފައިވާއިރު، ބަންގްލަދޭޝްގެ 1،344 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

https://twitter.com/HPA_MV/status/1283448504707436545?s=20

މީގެ އިތުރުން އެޗްޕީއޭގެ ޓްވީޓުގައި ވަނީ، ކޮވިޑް-19 ޖެހިފައިވާ މީހުންގެތެރެއިން އިތުރު 19 މީހުން ރަނގަޅުވެފައިވާކަމަށް ވެސް ހާމަކޮށްފައެވެ. އަދި މި ގޮތުން މިހާތަނަށް 2،321 މީހުން ރަނަޅުވެފައިވާކަމަށް ވެސް އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެއެވެ. އަދި ހަމައެއާއެކު މިހާރު ފަރުވާދެމުން އަންނަނީ، ޖުމްލަ 482 މީހުންނަށް ކަމަށާއި، ކަރަންޓީނު ފެސިލިޓީތަކުގައި 32 މީހުން ތިބިއިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި ޖުމްލަ 423 މީހުން ތިބިކަމަށް ވެސް ވަނީ ބުނެފައެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 2،831 މީހަކު ޕޮޒިޓިވްވެފައިވާއިރު، 14 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 09 ދިވެހިންގެ އިތުރުން 05 ބިދޭސީއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: