ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާބައިދޫގެ އާ ނެރު ހެދުމުގެ މަޝްރޫއުގެ 97 އިންސައްތަ މަސައްކަތް އެމްޓީސީސީން ނިންމައިފި

ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. މާބައިދޫގެ އާ ނެރު ހެދުމުގެ މަޝްރޫއުގެ 97 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން ކުރިން ކަނޑާފައި އިން ނެރު ބަންދު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި އާ ނެރެއް ކެނޑުމުގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން ބްރޭކްވޯޓަރ ހެދުމުގެ މަސައްކަތުގެ 63 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން 17،503.96 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓަރލުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ.

އަދި 19 މީޓަރުގެ ސަރަހައްދެއްގައި ސަބް މަރޖް ބްރޭކްވޯޓަރލުމުގެ މަސައްކަތުގެ އިތުރުން 83 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްޓީސީސީންވަނީ ބުނެފައެވެ.

ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 02 ގައި އެމްޓީސީސީން ޢަމަލީގޮތުން މަސައްކަތް ފަށާފައިވާ މި މަޝްރޫޢަކީ 16.4 މިލިއަން ރުފިޔ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: