ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަމާނީ ފެންވަރެއްގެ ސަރަހައްދީ ކުނި މެނޭޖްކުރާނެ މަރުކަޒެއް އެމްޓީސީސީން ގާއިމްކުރަނީ

ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށި ހާބަރ ރީހެބިލިޓޭޝަން މަޝްރޫޢުއަށް ބޭނުންވާ ޓްރެންޗް ބޮލްކް ކާސްޓް ކުރުމުގެ މަސައްކަތާއި ރިއިންފޯސްމަންޓްގެ މަސައްކަތްތައް ފަށާފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

ބުދަދުވަހު އެމްޓީސީސީން ބުނީ ތިލަފުށި ހާބަރ ރީހެބިލިޓޭޝަން މަޝްރޫޢުއަކީ ޒަމާނީ ފެންވަރެއްގެ ސަރަހައްދީ ކުނި މެނޭޖުކުރާނެ މަރުކަޒެއް ގާއިމުކުރުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫޢުއެއްކަމަށެވެ.

މި ގޮތުން މި މަޝްރޫޢުގެ ދަށުން ވޭސްޓް ޕްރޮސެސިން އޭރިއާއެއް ހެދުމުގެ އިތުރުން ވަރކްޝޮޕް އަދި ކޮންސްޓްރަކްޝަނާއި ޑިމޮލިޝަން ވޭސްޓް ޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން ރިސައިކްލިންގް ޔާރޑެއް ހެދުމަށް ވެސް ހަމަޖެހިފައިވާކަމަށް އެމްޓީސީން ބުނެއެވެ. އަދި އެންޑް އޮފް ލައިފް ޑިސްމެންޓްލިންގް ވަރކްޝޮޕެއް ހެދުމަށް ވެސް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ތިލަފުށި ހާބަރ ރީހެބިލިޓޭޝަން މަޝްރޫޢުގެ މަސައްކަތްތައް އެމްޓީސީސީން ފަށާފައިވާއިރު އެ ކުންފުނިން އަންނަނީ މިފަދަ ބިޔަ މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: