ކޮވިޑު ޖެހިގެން އައިޖީއެމްއެޗްގެ ޑީއެޗް11 ގައި ފަރުވާ ދެމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވަނީ، ނިޔާވެފައިވަނީ އުމުރުން 42 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާއަށް ފަރުވާދެމުން ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ފެސިލިޓީގައި ކަމަށެވެ.
މިއީ ރާއްޖޭން ކޮވިޑު ޖެހިގެން ނިޔާވި 15 ވަނަ މީހާއެވެ.

