ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ މަޝްރޫއުގެ ކަންކަން ބޮޑަށް އެނގޭނީ އެޗްޑީސީއަށް، އަޅުގަނޑަކަށް ނޫން: ޑރ މުއިއްޒު

ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ މަޝްރުއުގެ ކަންކަމާއި ތަފްސީލް އެނގޭނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ކަމަށާއި ހިޔާ މަޝްރޫއުގެ ފްލެޓްތަކާއި ގުޅުންހުރި މާބޮޑު ތަފްސީލެއް އެނގިވަޑައިނުގަންނަވާކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް މިއަދު ވަނީ ކުރީގެ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒުއާއި، މިހާރުގެ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ހާޒިރުކުރައްވާފައެވެ. ކޮމިޓީއަށް ދެބޭފުޅުން ހާޒިރުވެވަޑައިގެންފައިވާއިރު، ކޮމިޓީގެ މެމްބަރުންގެ ގިނަ ސުވާލުތައް އަމާޒުކުރައްވާފައިވަނީ ޑރ މުއިއްޒުއާއެވެ.

ޑރ. މުއިއްޒުއަށާއި އަދި މިނިސްޓަރ އަސްލަމްއާއި މެމްބަރުން ކުރެއްވި ސުވާލުތަކަށް ބަލާއިރު، މުޅި ހައުސިން މަޝްރޫއު ޔުނިޓެއް 52 މިލިއަން ޑޮލަރަށް ކުރިއަށް ގެންދިޔުމަށް ކުންފުނިތަކުން ހުށައަޅާފައިވާއިރު، 62 މިލިއަން ޑޮަލަރަށް ކުރިއަށް ގެންދިޔުމަށް ހުށައަޅާފައިވާ ކުންފުންޏަކަށް ކޮންޓްރެކްޓް ހަވާލުކޮށްފައިވަނީ ކީއްވެތޯ މެމްބަރުން ވަނީ ސުވާލުކުރައްވާފައެވެ. މީގެ އިތުރަށް، ފިނިޝިންގެ މަސައްކަތްތައް ޕްރޮޖެކްޓްގައި ހިމަނާފައިނުވަނީ ކީއްވެތޯއާއި އަދި 7000 ފްލެޓް އަޅަން ނިންމާފައިވާ މަޝްރޫއެއްގެ މަސައްކަތް، 6720 ފްލެޓަށް މަދުވެފައިވަނީ ކީއްވެތޯ މެމްބަރުން ސުވާލުކުރައްވާފައިވެއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް އެޅުމަށް ހަ ކުންފުންޏަކުން ހުށައަޅާފައިވާއިރު، ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ އެންމެ ބޮޑު އަގު ހުށައެޅި ކުންފުންޏަށް ކަމަށެވެ. އެގޮތުން ޕްރޮޖެކްޓް ހަވާލުކުރި ޗައިނާ ސްޓޭޓްް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އިން ހުށައަޅާފައިވަނީ ޔުނިޓަކަށް 62،000 ޑޮލަރު ކަމަށާއި ބާކީ އެހެން ކުންފުނިތަކުން އަގު ހުށައަޅާފައިވަނީ 52،000 ޑޮލަރަށްވުރެ އަގު ދަށްކޮށް ކަމަށެވެ.

null

މިކަމާއި ގުޅިގެން މެމްބަރުން ޑރ މުއިއްޒުއާއި ސުވާލުކުރެއްވުމުން މުއިއްޒު ވިދާޅުވީ، މަޝްރޫއުކުރިއަށް ގެންގޮސްފައިވަނީ ސީއެސްއީސީ އަދި އެޗްޑީސީއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި މިކަމަށް ޚާއްސަ ކޮމިޓީއެއްވެސް އެކުލަވާލެވުނު ކަމަށާއި ރައީސް އޮފީހުގެ ކަމާގުޅުން ހުރި ޓީމަކުންވެސް މިކަން ބަލަމުންދިޔަ ކަމަށެެވެ. އަދި އެންމެ ބޮޑު އަގު ހުށައެޅި ކުންފުންޏަށް ޕްރޮޖެކްޓް ހަވާލުކުރެވުނީ 25 ބުރީގެ އިމާރާތްތަކަކަށްވެފައި އިމާރާތްތަކުގެ ސްޓްރަކްޗަރއަށް ބެލުމަށްފަހު 62،000 ޑޮލަރަކީ އެކަށީގެންވާ އަގެއް ކަމަށް ގަބޫލުކުރެވޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ޑިޒައިންއާއި ގުޅުންހުރި ސުވާލުތައް އަމާޒުކުރެއްވުމުން ޑރ މުއިއްޒު ވިދާޅުވީ، އެކަމުގެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށާއި އެސުވާލުތައް އަމާޒުކުރަންޖެހޭނީ އެމަސައްކަތް ކުރިއަށް ގެންދެވި ކުންފުންޏާއި ކަމަށެވެ. އަދި މަޝްރޫއުގެ ކަންކަން ބަލަހައްޓަމުން ގެންދިޔައީ އެޗްޑީސީން ކަމަށް މުއިއްޒު ވިދާޅުވިއެވެ. 

 

null

ކުރީގެ މިނިސްޓަރ މުއިއްޒު މިމޭރުމުން ޖަވާބު ދެއްވަން ފެށުމުން، ކޮމިޓީގައި ތިއްބެވި މެމްބަރުން ހައުސިން މިނިސްޓްރީގެ އެއްވެސް މެންޑޭޓެއް މިކަމުގައި ނެތީތޯ ސުވާލު އުފައްދަވައި އެޗްޑީސީއިން މިކަމާއި ހަވާލުވުމުން އެހިސާބުން މިނިސްޓްރީއިން އެކަން މޮނިޓަރ ކުރައްވަން ނުޖެހޭނީތޯ ވަނީ ސުވާލުކުރައްވާފައެވެ. މިސުވާލުތަކަށް ޖަވާބުދެއްވަމުން ޑރ މުއިއްޒު ވިދާޅުވީ އެކަން މޮނިޓަރ ކުރަންފެށި ކަމަށާއި އެހެންނަމަވެސް، ފަހުން އެކަމުގައި މިނިސްޓްރީގެ ދައުރެއް ނެތުމުން އެކަން ނުބަލާ ކަމަށެވެ.

ހައުސިން މިނިސްޓްރީގެ އެއްވެސް ހިއްސާއެއް ހިޔާ މަޝްރޫއުގެ ޕްރޮޖެކްޓުގައި ނެތްނަމަ ފްލެޓްތައް މަހަކު 5،600 ރުފިޔާއަށް ދޫކުރެވޭނެކަމަށް ވިދާޅުވަނީ ކީއްވެތޯ ވަނީ ސުވާލު ކުރެއްވުމުން ޑރ މުއިއްޒު ވިދާޅުވީ އޭރުވެސް 5،600 ރުފިޔާއަށް ފްލެޓްތައް ދޫކުރެވޭނެ ވާހަކަ ވިދާޅުވީ އެޗްޑީސީއިން ހިއްސާކުރި މައުލޫމާތުތަކަށް ބެލުމަށްފަހު ކަމަށެވެ. އަދި އޭރުގެ ސަރުކާރުން މަޝްރޫއު ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ދޮރު ހަރުކުރުމާއި ފަންކާ، ބޮކި ހަރުކޮށް ޓައިލްސްވެސް ޖެހުމާއިއެކުގައި ކަމަށެވެ. އަދި 7000 ފްލެޓު 6،720 ފްލެޓަށް ބަދަލުވީވެސް މިސަރުކާރުން އައިސް ތިރީ ފްލޯތައް އޮފީސް ބޭނުމަށާއި އެ ނޫން ވެސް ބޭނުންތަކަށް ބޭނުންކުރުމަށް ނެގުމުންކަމަށް މުއިއްޒު ވިދާޅުވިއެވެ.

”ޕްރޮޖެކްޓް ކޮސްޓްއަކީ 434 މިލިއަން ޑޮލަރު. އިންޓްރެސްޓް ކޮސްޓްއަކީ 40.8 މިލިއަން ޑޮލަރު. މާކެޓިން ކޮސްޓްއަކީ ހަތަރުލައްކަ ފަންސާހެއްހާ ޑޮަލަރު. ޕްރޮޖެކްޓް މެނޭޖްމަންޓް ކޮސްޓަކީ 1.7 މިލިއަން ޑޮލަރު. ލޭންޑް ކޮސްޓްއަަކީ 45 މިލިއަން ޑޮލަރު. އެއްކަލަ ދޮރާއި ޓައިލްސްއާއި މިހުރިހާ ކަމަކަށް ފިނިޝިން ކޮސްޓްވެސް އެބައިނދޭ 41.5 މިލިއަން ޑޮަލަރު. ޖުމްލަ 564 މިލިއަން ޑޮލަރު. މިއަގަށް އިތުރު އިންޓްރެސްޓެއް ލާފައި 20 އަހަރަށް ބަހާލީމަ އަރަނީ މަހަކަށް 5،600 ރުފިޔާ. މިއީ ހަމަ އެއްކަލަ ފިނިޝިން ކޮސްޓްވެސް ލައިގެން. ”

މިވާހަކަތަކަށް ރައްދު ދެއްވައި މިހާރުގެ މިނިސްޓަރ އަސްލަމް ވިދާޅުވީ، މަޝްރޫއުގައި ފިނިޝިން މަސައްކަތް ނުހިމަނަން ނިންމާފައިނުވާ ކަމަށެވެ. އަދި މިސަރުކާރުން އެއްވެސް ފްލޯ އެއް އުނިކުރުމަށް ނިންމާފައިވާ ކަމަށާއި މުއިއްޒު ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅު ކަމަށެވެ.

ކޮންޓްރެކްޓަރާއި ހަވާލުކޮށްފައި އޮތީ 434 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް 6720 ޔުނިޓު އެޅުމަށް. އޭގެތެރޭގައި ދޮރުޖެހުމެއް ނެތް، ޓައިލްސްއެއް ނެތް، ފަންކާ ހަރުކުރާކަށްނެތް. މިކަންކަން ނުލައި 62،000 ޑޮލަރު ޖެހެނީ ޔުނިޓަކަށް. މިކަންކަން ލީމާ މިއަށްވުރެ އަގު މަތިވާނެޔޭ އަޅުގަނޑު މިދަންނަވަނީ. ފިނިޝިން މަސައްކަތް ނިންމީމާ، އެބައަރާ ޔުނިޓަކަށް 80،000 ޑޮލަރު. ނުނިންމާ ހުރިކަމެއް ނުނިންމާ، 62،000 ޑޮަލަރުގެ މަޝްރޫއު 20 އަހަރަށް ބަހާލީމާ، އެޖެހޭނީ 6،849 ރުފިޔާއަށް. ދެން ނުނިންމާ ހުރިކަންކަން ކުރީމާ، މިއަށްވުރެ އަގު ބޮޑުވާނެޔޭ. އޭރަށް އެބަ ޖެހެޔޭ 10،268 ރުފިޔާ އެބަޖެހެޔޭ. މިއީ ހިސާބުވާ ގޮތް. ސަރުކާރުން ވަކި އަގެއްގައި ދިނުމަކީ އަދި އެހެން ކަމެއް“

މިނިސްޓަރ އަސްލަމް ވިދާޅުވީ މިއީ އާދައިގެ ހިސާބު ކަމަށާއި ކޮންމެ ބޭފުޅަކު ހިސާބު ހެއްދެވިޔަސް އަންނާނީ މިއަގުތައް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: