ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވާ ދިވެހިންގެ އަދަދުތައް އިތުރުވެއްޖެއެވެ.
ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި، 68 މީހަކަށް ކޮވިޑު ޖެހިގެން ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރެއިން 47 މީހުންނަކީ ދިވެހިންނެވެ. އަދި 09 ބަންގްލަދޭޝްގެ މީހުން އޭގެ ތެރޭގައި ހިމެނޭއިރު، 04 އިންޑިއާ ރައްޔިތުންނާއި، ނޭޕާލްގެ އެކަކު އަދި ފިލިޕީންސްގެ 03 މީހެއްގެ އިތުރުން ސްރީލަންކާގެ 04 މީހެއް ހިމެނެއެވެ.
ލޮކްޑައުންގެ ލުއިތައް ދިން ފަހުން، މިދިޔަ ހަފްތާއިން ފެށިގެން މާލޭގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުތައް ވަނީ އިތުރުވެފައެވެ. ލޮކްޑައުންގެ ދުވަސްތަކުގެ ތެރޭގައި، ހުއްދައެއް ނެތި ބޭރަށް ނިކުމެ އުޅުން މަނާކުރިއިރު އޭރު ފެންނަމުން އައި މަދު ކޭސްތަކެކެވެ.
އާ އިތުރު ކޭސްތަކާއި އެކު ދެވަނަ ރާޅެއް އައިސްދާނެކަމަށް ލަފާކުރެވޭއިރު، މާލޭގެ މަގުތައް ވަނީ ތޮއްޖެހިފައެވެ. އެގޮތުން ޕާކުތަކާއި، ބީޗުތައް، އަދި ރެސްޓޯރެންޓުތަކާއި ހުޅުމާލެ ވެސް އޮންނަނީ އެކީ ފުރިފައެވެ.

