ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅިވަރު ޤަވައިދުގެ ބައެއް މާއްދާތަކަކީ މިސްޓޭކެއް!

ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅިވަރާއި ބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގެ ބައެއް މާއްދާތަކަކީ ”މިސްޓޭކެއް“ ކަމަށް ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ ޤާނޫނާއި ޤަވައިދުތައް އެކުލަވާލަނީ އިންސާނުން ކަމަށެވެ. އެގޮތުން ކުޅިވަރުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވައިދުގައި ”މިސްޓޭކް“ ތަކެއް ހުރީ އެހެންވެ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

އެފްއޭއެމްގެ އިންތިޚާބީ ކޮންގްރެސްގައި ނިންމާފައިވާ ބައެއް ނިންމުންތައް ކުޅިވަރުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ކުޅިވަރު ޖަމިއްޔާތަށް ރަޖިސްޓްރީކޮށް ހިންގުމާއިބެހޭ ޤަވައިދުގެ 16 ވަނަ މާއްދާގެ (ހ) އާއި ޚިލާފު ކަމަށް ދެންނެވު ސުވާލަކަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ އެ ގޮތަށް އޮތީ މިސްޓޭކަކުން ކަމަށާއި އެ މާއްދާއަށް އެފްއޭއެމް އިން އަމަލުކުރާކަށް ނުޖެހޭނެ ކަމަށެވެ.

ގަވާއިދުގެ ސޯޅަވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އެ ގަވާއިދުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެއްގެ ހިންގާ ގަވާއިދު ބަދަލު ކުރަން ބޭނުންވެއްޖެނަމަ، ގެންނަން ބޭނުންވާ ބަދަލުތައް އާއްމު ޖަލްސާއަކަށް ހުށަހަޅައި، އާއްމު ޖަލްސާއެއްގެ ގަރާރަކުން ފާސްކޮށް، އެ ބަދަލުތައް ހިންގާ ގަވައިދަށް ގެނައުމުގެ ހުއްދަ ހޯދުމަށް ކޮމިޝަނަ އޮފް ސްޕޯޓްސްއަށް ހުށަހަޅަން ވާނެ ކަމަށެއެވެ.

މަހުލޫފް ވިދާޅުވީ އެފްއޭއެމް ނޫނަސް އެހެން އެސޯސިއޭޝަންތަކުން ޖަމިއްޔާތަށް ރަޖިސްޓްރީކޮށް ހިންގުމާއިބެހޭ ޤަވައިދުގެ 16 ވަނަ މާއްދާގެ (ހ) އަމަލު ނުކުރާ ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން އެ މާއްދާއާއި މެދު ސުވާލު އުފެދޭ މާއްދާއެއް ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

”ތި މާއްދާއަކީ ވަރަށް ބޮޑަށް އޭނގައި ސުވާލު އުފެދިފައި އޮންނަ މާއްދާއެއް އިނގޭތޯ. އަޅުގަނޑުމެން ބެލި ބެލުމުގައި އެއްވެސް ކުޅިވަރު އެސޯސިއޭޝަނަކުންވެސް އަމަލު ކުރާ ވެސް ގޮތެއް ނޫން. އިންސާނުން ހަދާ އެއްޗެހީގައި ހުންނާނެ ނޫންތޯ މިސްޓޭކްސް. އެހެންވީމާ އެކަހަލަ މިސްޓޭކެއް ކަމަށް ބެލެވެނީ“ މަހުލޫފް

މަހުލޫފް އިތުރަށް ވިދާޅުވީ ކުޅިވަރާއި ބެހޭ ޤަވައިދުގައި ހަމަނުޖެހޭ ބައިވަރު މާއްދާތައް ހުރި ކަމަށެވެ. އަދި ކުޅިވަރު ޤާނޫނާއި ޤަވައިދަށް އިސްލާހު ގެނައުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

ކުޅިވަރުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވައިދުގެ 16 ވަނަ މާއްދާގެ (ހ) މިހާރު އޮތް ގޮތުން ސްޕޯޓްސް ކޯޕަރޭޝަނުން ބޭނުންނުވާ އެއްވެސް އެއްޗެއް ފާހެއް ނުވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

ކުޅިވަރު ޤަވައިދުގައި ކޮންމެ ގޮތަކަށް އޮތަސް އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް ބާއްވައި، މިހާރު ވެސް ރައީސްގެ މަގާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލް ވަނީ އެ މަގާމަށް އަލުން ހޮވާފައެވެ، އަދި އެ އިދާރާގެ އަސާސީ ގަވައިދު ބަދަލުކޮށް ވަގުތުން އެއަށް އަމަލު ކުރަން ފެށީ ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާއި ބެހޭ ގަވާއިދާއި ޚިލާފަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: