ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތް ބަންދުކުރާނަމަ، ރައްޔިތުންގެ މަޖިލިސްވެސް ބަންދުވާން ޖެހޭނެ: ޑރ ނިޔާފް

ޝެއާރކޮށްލާ ކަހަލަދޯ؟

މިސްކިތްތައް ބަންދުކުރާ ހާލަތަށް ބަލި ފެތުރޭ މިންވަރު އިތުރުވެގެންދާނަމަ، ރައްޔިތުންގެ މަޖިލިސް ބަންދުނުކުރެވެންވީ އެއްވެސް ސަބަބެއް އޮތްކަމަށް ގަބޫލުފުޅު ނުކުރެއްވޭކަމަށް ޑރ އަލީ ނިޔާފް ވިދާޅުވެއްޖެއެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޑރ ނިޔާފް ވިދާޅުވީ މިސްކިތް ބަންދުކުރާ ހާލަތަށް ގައުމުގޮސްފިނަމަ، ޒަމާނީ ވަސީލަތްތައް ބޭނުންނުކޮށް، މީހުން އެއްތަނަކަށް ގޮސް ބާއްވާ އެއްވެސް ބައްދަލުވުމެއް ބޭއްވިގެންވާނެ ކަމަށް ގަބޫލުނުކުރެވޭކަމަށެވެ.

ޑރ ނިޔާފް މިހެން ވިދާޅުވެފައިވާއިރު، ފުރަބަންދުގެ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ތަޅުމަށް ހާޒިރުވެގެން ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވީތީ، އެކަމަށް ވަރަށް ބޮޑަށް އޭރު ވަނީ ފާޑުކިޔުންތައް އަމާޒުވެގެން ގޮސްފައެވެ. އަދި އެހާލަތުގައި، ފުލުހުންގެ ޚާއްސަ ހުއްދަ ނެތި، މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވާނެކަމަށް ބައެއް މެމްބަރުންވެސް ވިދާޅުވިއެވެ. ފުރަބަންދު ނިމެންދެން މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ނުބާއވާ ނުތިބެވޭނެކަމަށް ރައީސް ނަޝިދު ވިދާޅުވެ، މަޖިލީސް ބާއްވަން ޚާއްސަ ހުއްދައަކަށް އެދުމުން އެޗްޕީއޭއިންނާއި ފުލުހުން ވަނީ މަޖިލިސް ތަޅުމުގައި ބޭއްވުމަށް ހުއްދަ ދީފައެވެ. އެހެންނަމަވެސް، ޖަމާއަތުގައި ނަމާދުކުރުމަށް ހުއްދަނުދީ، ތަޅުމުގައި މަޖިލިސް ބާއްވަމުން ގޮސްފައިވާތީ ވަރަށް ގިނަބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައެވެ.

null

ޑރ ނިޔާފް ވިދާޅުވީ، ބިލަށް ހުށައަޅާފައިވާ އިސްލާހުތަކުގެ ސަބަބުން ސިއްހީ މާހިރުންގެ އަތުން ބައެއް ކަންކަން ނިންމުމުގެ ބާރު ނެގުމަށްފަހު، އެބާރު އެއްކޮށް ރައްޔިތުންގެ މަޖިލީހަށް ދެވޭ ކަމަށެވެ. ނުރައްކާތެރި ބައްޔެއް ފެތުރެން ފަށައި، ބޮޑު ޕެންޑެމިކްއަކަށް އެކަން ބަދަލުވެގެންދާއިރު، އެކަމުގައި ގޮތް ކިޔުމަށް ޑޮކްޓަރުން ނުވަތަ ސިއްހީ މާހިރުންގެ ބާރު މިއިސްލާހުތަކުގެ ސަބަބުން ނެތިގެންދާކަން ޑރ ނިޔާފް ފާހަގަކުރެއްވިއެވެ.

”ގަރާރު ބާތިލްކުރުމުގެ ބާރު، މަޖިލީހަށް ގެންނަން ފެންނަ ބަދަލު ގަރާރަށް ގެނައުމުގެ ބާރު، ގަރާރުގެ ވަކި ބައެއް ނުވަތަ މުޅި ގަރާރު އެއްކޮށް ފާސްކުރުމުގެ ބާރު. މިއީ ފުދޭވަރަކަށް ބޮޑެތި ބާރުތަކެއް. މިބާރުތައް މަޖިލީހުގައި އޮތުމެއް ނޫން މައްސަލައަކީ. މިއަށް އިތުރު ކޮށްލަންވީ، ”ސިއްހީ މާހިރުންގެ ލަފައާއެކު“. މިތަންކޮޅު ނުހިމަނައިފިއްޔާ، އެއްބަޔަކު އއަތުން ބާރު ނަގާފައި، އަނެއް ބަޔަކަށް މިދެވޭ ބާރަކީ ބޮޑު ގައުމެއްގައި ކާރިސާއެއް ފެތުރިގެންދާއިރު، އެތި މައިތިރި ނުވާ ވަރުގެ ބާރެއް!“

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ބަންދުވެފައި އޮތުމަށް ފުރުސަތު ނުދޭ ކަމަށެވެ. ދައުލަތުގެ ތިން ބާރު އަބަދުވެސް ހިނގަ ހިނގައި އޮންނަން ޖެހޭ ކަމަށާއި ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އިންތިޚާބްކޮށްފައި ތިބި ބަޔަކު ތިބޭ ތަނަކަށް ވެފައި، ރައްޔިތުންނާއި ގުޅުން ހުރި ސިޔާސަތުތައް ކަނޑައަޅާ ތަނަކަށް މަޖިލިސްވުމަކީ، މަޖިލިސް ބަންދުނުކުރެވޭ ތަނެއްކަމަށް މެމްބަރު އިމްތިޔާޒް ވިދާޅުވިއެވެ.

null

ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ރައްޔިތުންގެ މަޖިލީހުން ދައުރެއް އަދާކުރާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ، އަދި މިގަރާރާއިމެދު ގޮތް ނިންމުމާއި ބަދަލު ގެނައުމުގެ ބާރުވެސް ރައްޔިތުންގެ މަޖިލީހަށް އޮންނަކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އެހެންކަމުން، އަބަދުވެސް ކޮންމެ ކަމެއްގައިވެސް ރައްޔިތުންގެ މަޖިލީހުގެ ދައުރެއް އޮންނާނެ ކަމަށާއި ރައްޔިތުންގެ މަޖިލިސް ބަންދުކުރެވޭނެ އެއްވެސް ހާލެއް ނޯންނަކަމަށް ވިދާޅުވިއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: