ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްރަންޓްލައިން އެލަވަންސް ދިނުން އަވަސްކުރުމަށް ގޮވާލައި ހުށައެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފްރަންޓްލައިންގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ސަރުކާރުން ދޭން ނިންމާފައިވާ ޚާއްސަ އެލަވަންސް މިހާތަނަށް ދީފައިނުވާތީ، އެކަމާއި ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މިމައްސަލައަށް ބަހުސް ކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ވޯޓުދެއްވީ 8 މެމްބަރުންނެވެ. ބަހުސް ކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 14 މެމްބަރަކު ވަނީ ވޯޓުދެއްވާފައެވެ.

މެމްބަރު ޝިޔަމް ހުށައެޅުއްވި ކުއްލި މައްސަލާގައި ވަނީ މިދިޔަ މެއި މަހުގެ 7 ވަނަ ދުވަހު ފްރަންޓްލައިންގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ޚާއްސަ އެލަވަންސެްއެއްދޭނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އިއުލާންކުރައްވާފައިވާ ކަމަށެވެ. އެހެންނަމަވެސް، މިހާތަނަށް އެލަވަންސް ދީފައިނުވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިކުއްލި މައްސަލަ ހުށައެޅުއްވިއިރު، ދާދިފަހުން ހެލްތު އިމަޖެންސީ އޮަޕަރޭޝަންްސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ނަޒްލާ ރަފީގް ވަނީ ފްރަންޓްލައިންގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ރިސްކް އެލަވަންސް ޖުލައި މަހުގެ މުސާރައާއެކު ލިބޭނެކަމަށް ވިދާޅުވެފައެވެ. ފްރަންޓްލައިންގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ރިސްކް އެލަވެންސް ދިނުމަށްޓަކައި ޚާއްސަ ޕޯޓަލެއް މެދުވެރިކޮށް މިނިސްޓްރީންތަކުން ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ މައުލޫމާތު ފުރުމަށް ވަނީ އެދިފައެވެ.އަދި އެ މައުލޫމާތު ފުރުމުން، ޖުލައިމަހުގެ މުސާރައާއެކު ރިސްކް އެލަވެންސް ލިބޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް އެލަވެންސް ދިނުމަށް ނިންމާފައިވަނީ ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ އަދި މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ ހައި ރިސްކު މީހުންނަކީ ކޯވިޑް-19އަށް ޕޮޒިޓިވްވާ ފަރާތްތަކަށް ނުވަތަ ބަލި ހުރެދާނެކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާއި ގާތުން ދިމާވެދާނެ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މެޑިކަލް ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓެސްޓު ސާމްޕަލް ނަގާ މީހުންނާއި، ލެބް ޓެކްނީޝަނުންނާއި، ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުން އަދި ޕޮޒިޓިވްވާ މީހުން ތިބޭ ކޮޓަރި ނުވަތަ ވޯޑަށް ވަންނަންޖެހޭ މީހުންނެވެ.

މީޑިއަމް ރިސްކު މީހުންނަކީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ހިދުމަތް ދޭންނުޖެހުން ނަމަވެސް ހައި ރިސްކު މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުންނެވެ. އަދި ލޯ ރިސްކު މީހުންނަކީ އެއްވަނަ އަދި ދެވަނަ ގިންތިއަށް ނުފެތޭ ނަމަވެސް ކޯވިޑް-19ގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: