ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިލޭ ގުޅައިދިނުމުގެ އިތުރުން ހިލޭ ރައުޓާރ ލިބޭ ޕްރޮމޯޝަނެއް!

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިލޭ ގުޅައިދިނުމުގެ އިތުރުން ހިލޭ ރައުޓަރ ލިބޭ ޕްރޮމޯޝަނެއް ފެށުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަށް  އަލުން ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ދިރާގުން ތައާރަފުކޮށްފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބަރ ކޭބަލް އެއް އަޅާފައިވާ ބިލްޑިން ތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ހިލޭ ރައުޓަރ ވެސް ލިބިގެންދާނެއެވެ. އަދި ދިރާގު ފައިބަރ ކޭބަލެއް ނެތް ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން 50 އިންސައްތަ ޑިސްކައުންޓް ކަނެކްޝަން ފީ އިން ލިބިގެންދާނެއެވެ.

ޕްރޮމޯޝަނާއި ގުޅޭ މައުލޫމާތު ދެމުން ދިރާގުން ބުނެފައިވަނީ ޕްރޮމޯޝަން ކުރިއަށް ދާނީ 31 އޮގަސްޓް 2020 ގެ ނިޔަލަށް ކަމަށެވެ. އަދި މިއީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަރ ނެޓްވޯކް ތަޖުރިބާކުރުމަށް ލިބިގެންދާނެ ފުރުސަތެއްގެ ގޮތުގައި ކުންފުނުން ވަނީ ފާހަގަކޮށްފައެވެ.

ދުވަސްވަރުގެ ގޮތުން އިންޓަނެޓުގެ ބޭނުން ހިފަންޖެހިފައިވާއިރު، ފައިބަރ ބްރޯޑްބޭންޑްގައި ކަސްޓަމަރުންނަށް ތަފާތު އަގުތަކުގައި އަދި ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް ހިމެނޭނެ ކަމަށް ދިރާގުން ބުނެއެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާަގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތެވެ. އަދި ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކުކަން ފާހަގަކުރެވެއެވެ.

އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 75 އިންސައްތައަށް ހިދުމަތް ފޯރުކޮށްދެވެއެވެ.

”ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ދިރިއުޅުމަށް ފާގަތިކަން ގެނެސްދީ ޑިގިޓަލް ރާއްޖެއަކަށް ދިވެހި ރާއްޖެ ވާސިލްވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކުންފުންޔެކެވެ.“ ދިރާގު

އިތުރު މައުލޫމާތު https://bit.ly/32jdpuO

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތާއި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން، އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ހާއްސަ ޕްރޮމޯޝަނެއް ފެށިއިރު، މި ޕްރޮމޯޝަނުގެ ދަށުން ގެއަށް ފައިބަ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ހިލޭ ރައުޓަވެސް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ 30 ނޮވެމްބަރ 2019 ގެ ނިޔަލަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: