ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތާރީޚަށް ބަލައިފިނަމަ 19 ވަނަ މަޖިލީހަކީ ރެކޯޑެއް: އަނދުން ހުސެން

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ތާރީޚަށް ބަލައިފިނަމަ ރައްޔިތުންނާއި ގުޅުންހުރި މަސައްކަތްތައްކޮށް، އެ މަސައްކަތްތައް ނިންމުމުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރެކޯޑެއް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގައި ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު، ސިފައިން ވައްދައިގެން އަހަރެއްހާ ދުވަސް ވަންދެން މަޖިލީހުގައި އެއްވެސް މަސައްކަތެއް ނުކުރެވޭނެހެން އެ މުއައްސަސާ ބަންދުކޮށްފައި ބެހެއްޓި ކަމަށެވެ.

ހުސެއިން ވިދާޅުވީ 19 ވަނަ މަޖިލީހާއެކު އެ ހާލަތު ބަދަލުވެއްޖެ ކަމަށެވެ. އެގޮތުން ކޮވިޑް-19 ހާލަތުގައި މުޅި ޤައުމު ލޮކްޑައުންގައި އޮތް އިރުވެސް، އޮންލައިންކޮށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ، ރައްޔިތުންނާއި ގުޅުންހުރި ކަންކަން ކުރުމަށް ކަމަށެވެ.

ކޮވިޑްގެ ހާލަތުގައި އޮންލައިންކޮށްވެސް ބާއްވާގެން މަސައްކަތްކުރީ ރައްޔިތުންނާއި ގުޅުންހުރި ޤާނޫނުތައް ހެނދުމާއި، ރައްޔިތުންނަށް ބޭނުންވާނެ ބަޖެޓު ސަޕޯޓު ދޭނެ ގޮތްތަކެއް ހޯދުމަށް ކަމަށް ހުސެއިން ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަކީ، އެ މަޖިލީހުގައި ކުރާ މަސައްކަތްތަކުގެ ފަންސާސް ޕަސަންޓަށްވުރެވެސް ކުޑަ މިންވަރެއް ކަމަށާއި ބާކީ ހުރިހާ ވަގުތެއް ގިނަ މެންބަރުން ހޭދަކުރައްވަނީ ކޮމިޓީތަކުގައި ކަމަށެވެ. އަދި ރައްޔިތުންގެ މެންޑޭޓް ނިމޭ ހިސާބެއް ނޯންނާނެ ކަމަށް ހުސެއިން ވިދާޅުވިއެވެ.

”ރައްޔިތުންގެ މެންޑޭޓް ނިމޭނެ ހިސާބެއް އޮންނާނެ ކަމަކަށް، މިހާރުވެސް އަދި ފަހުންވެސް އަޅުގަނޑު ޤަބޫލެއް ނުކުރާނަން، އެހެންވީމާ ރައްޔިތުންގެ މަޖިލީސް ނިމޭ ހިސާބެއް ނޯންނާނެ، ރައްޔިތުން ސަރުކާރެއްވެސް ގެންނަނީ، ރައްޔިތުން މިނިސްވަން މުއައްސަސާތައްވެސް ގެންނަނީ، ރައްޔިތުންގެ މަޖިލީހުގެ ކަންކަން ކުރިއަށްދާނީ ރައްޔިތުން ބޭނުންވާ ގޮތަށް“ ހުސެއިން

މީގެ އިތުރުން ހުސެއިން ވިދާޅުވީ ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ޤާނޫނާއި ޤަވައިދުގެ ތެރެއިން ބާރު ފޯރުވޭނެ ކޮންމެ ކަމެއްގައި އެކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާނެ ކަމަށެވެ.

ހުސެއިން ވިދާޅުވީ ސަރުކާރާއި، އެނޫންވެސް މުއައްސަސާތަކުން ކަންކަން ކުރަމުންދާ ގޮތާއިބެހޭ ގޮތުން މަޖިލީހުން ދެކޭ ގޮތާއި ޚިޔާލު ހުށަހެޅޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުރެވޭ ބަހުސްތަކާއި ކޮމިޓީތަކުގައި ކުރިއަށްދާ މަސައްކަތްތަކަކީ އަދި ޝަރީއަތެއް ނޫން ކަމަށް ހުސެއިން ވިދާޅުވިއެވެ. ނަމަވެސް ރައްޔިތުން އިންތިޚާބުކޮށްފައިވާ މަންދޫބުންގެ ހައިސިއްޔަތުން ބަލަންޖެހޭ ކަންކަންވެސް ހުންނާނެ ކަމަށް ހުސެއިން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: