ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާއިން ހައްޔަރު ކުރި ދިވެހި އާއިލާއެއް ޑިޕޯޓްކޮށްފި

ލަންކާގެ ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ދިވެހި އާއިލާއެއް ހައްޔަރު ކުރުން/ ފޮޓޯ: ސްޓްރެއިޓްސް ޓައިމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަސް އަހަރު ވަންދެން ވިސާ ނެތި އަވައްޓެރި ލަންކާގައި ދިރިއުޅެމުން އައި އާއިލާއެއް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު އެ އާއިލާ ޑީޕޯޓްކޮށްފިއެވެ. 

ފަސް އަހަރު ވަންދެން ވިސާ ނެތި އަވައްޓެރި ސްރީލަންކާގައި ދިރިއުޅެމުން އައި އާއިލާއެއް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ މަހުގެ ތެރޭގައެވެ. އަދި ދިވެހި އެ އާއިލާ ލަންކާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެ އާއިލާއާއި ހަވާލުވެގެން ހުރި މީހާ އުޅުނީ ފިލައިގެންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް ފަހުން އޭނާ އަމިއްލަ އަށް ވަނީ ލަންކާ އިމިގްރޭޝަންއަށް ހާޒިރުވެފައެވެ. 

”ސަންގު“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަސް އަހަރު ވަންދެން ގަވާއިދާ ހިލާފަށް ލަންކާގައި އުޅެމުން ދިޔަ ދިވެހި އާއިލާ ލަންކާ ސަރުކާރުން ޑީޕޯޓް ކޮށްފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. ލަންކާ ސަރުކާރުން ދިވެހި އެ އާއިލާ ޑީޕޯޓް ކުރިނަމަވެސް އެ އާއިލާއިން ލަންކާގެ އިމްގުރޭޝަނަށް ދައްކަން ޖެހޭ ފައިސާ ދައްކާފައިވާކަން ނުވަތަ ނޫންކަން ސާފުވެފައެއް ނުވެއެވެ. 

ލަންކގެާ އިމިގްރޭޝަންއިން ހައްޔަރުކޮށް ޑީޕޯޓް ކުރި އާއިލާގައި ތިން ކުޑަކުދިން ހިމެނެއެވެ. ދެން ތިބީ ދެ އަންހެނުންނެވެ. ކުޑަކުދިންގެ ތެރޭގައި 02 އަހަރުގެ ތުއްތު ކުއްޖެއް ހުރިއިރު އެ ކުއްޖާއާއި ބެހޭ އެއްވެސް ލިޔެކިއުމެއް ނެތެވެ. ނުވަތަ ކާކުކަން އަންގައިދޭ އައިޑީކާޑު ވެސް ނެތެވެ.

ޑީޕޯޓް ކުރި އާއިލާ ލަންކާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ލަންކާގެ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން އެ މީހުން ދިރިއުޅެމުން ދިޔަ ގޭގެ މީހުންގެ ލިޔެކިޔުން ފުރިހަމަތޯ ބެލި ބެލުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: