ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްއާރްސީއެމް މެންބަރުކަމުން އެ ކޮމިޝަނުގެ ނައިބު ރައީސް މުޙައްމަދު ޒާހިދު ވަކިކޮށްފި

މެންބަރުކަމުން އެ ކޮމިޝަނުގެ ނައިބު ރައީސް އަޙްމަދު ޒާހިރު. ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް) މެންބަރުކަމުން އެ ކޮމިޝަނުގެ ނައިބު ރައީސް މުޙައްމަދު ޒާހިދު ވަކިކޮށްފިއެވެ.

އެޗްއާރްސީއެމް މެންބަރުކަމުން އެ ކޮމިޝަނުގެ ނައިބު ރައީސް މުޙައްމަދު ޒާހިދު ވަކިކުރަން ފާސްކޮށްފައިވަނީ، ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ނެގުނު ވޯޓުގައި ބައިވެރިވި 61 މެންބަރުންގެ ވޯޓާއެކުގައެވެ. ޒާހިދު މަޤާމުން ވަކިކުރަން ނުފެންނަކަމަށް ވޯޓުދެއްވާފައިވަނީ އެންމެ 02 މެންބަރުންނެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމުން ޒާހިދު ވަކިކުރަން ނިންމި ސަބަބުތަކުގެތެރޭގައި، ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ތަކުރާރުކޮށް ދޮގު މަޢުލޫމާތުދިން މައްސަލައިގެ އިތުރުން، ބްލޮގަރ ޔާމިނު ރަޝީދުގެ މަރުގެ މައްސަލަ ބެލުމުގައި އިހުމާލުވި މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއެޅި މައްސަލައާއި، މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ޢާއިލާގެ ފަރާތުން ހުށަހެޅި މައްސަލަ ބެލުމުގައި އިހުމާލުވި މައްސަލަ ވެސް ހިމެނެއެވެ. ހަމައެއާއެކު އިތުރު މައްސަލަތައް ބެލުމުގައި ވެސް ޒާހިދު އިހުމާލުވެފައިވާ މައްސަލަތައް ވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ފާހަގަކޮށްފައެވެ. މި ގޮތުން އެ ހުރިހައި މައްސަލަތަކަށް ބެލުމަށްފަހު ޒާހިދަށް މަސްއޫލިއްޔަތު އަދާނުކުރެވޭކަމަށާއި، މަޤާމުގައި ހުރުމުގެ ކުފޫހަމަނުވާކަމަށް މަޖިލީހުން ވަނީ ނިންމާފައެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމުން ޒާހިދު މިއަދު ވަކިކޮށްފައިވާއިރު، އެޗްއާރްސީއެމްގެ ރައީސްކަމުގައި ހުންނެވި އައިމިނަތު އީނާޝްއާއި، މެންބަރު ޢާއިޝަތު އާފްރީންއާއި، މޫސާ ޢަލީ ކަލޭފާނު މަޤާމުން ވަކިކުރުމަށް މީގެ ކުރިން މަޖިލީހުންވަނީ މަސައްކަތްތަކެއްކޮށްފައެވެ. ނަމަވެސް އޭގެކުރިން އެ ތިން ބޭފުޅުން ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: