ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 އިގެ ނުރައްކާތެރިކަން އިތުރުވެ މިއަދު ވެސް 59 މީހަކު ޕޮޒިޓިވްވެއްޖެ

ފޮޓޯ: ޢަބްދުﷲ ޢަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު 3103 އަށް އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

މި ކަމާ ގުޅިގެން އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ ރާއްޖެއިން އިތުރު 59 މީހަކު ޕޮޒިޓިވްވެ ޖުމްލަ ޢަދަދު 3103 އަށް އިތުރުވެފައިވާކަމަށެވެ. މި ގޮތުން އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ 44 ދިވެއްސެއްގެ އިތުރުން ބަންގްލަދޭޝްގެ 14 މީހުންނާއި އިންޑިއާގެ މީހެއްކަމަށް އެޗްޕީއޭގެ ޓްވީޓްގައި ބުނެފައިވެއެވެ. އަދި މި އެންމެންނަކީ އަންގާރަދުވަހުގެ ހަވީރު 18:00 އިން ފެށިގެން ބުދަދުވަހުގެ ހަވީރުގެ އެ ވަގުތާއި ހަމައަށް ޕޮޒިޓިވްވެފައިވާ މީހުންކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު ބަލިޖެހުނު މީހުންގެތެރެއިން ވޭތުވެދިޔަ ސައުވިސް ގަޑިއިރުތެރޭގައި އިތުރު މީހަކު ރަނގަޅުވެފައިވާކަމަކަށް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިހާތަނަށް ޖުމްލަ 2397 މީހުން ރަނގަޅުވެފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މި ވަގުތު ފަރުވާދެމުން އަންނަނީ 676 މީހުންނަށްކަމަށާއި އައިސޮލޭޝަން ފެސިލިޓީތަކުގައި ޖުމްލަ 478 މީހުންތިބި ކަމަށް ވެސް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ކޮވިޑްގެ ނުރައްކާތެރިކަން ކުޑަވެފައި އޮތުމަށްފަހު ފުރަބަންދުގައި ދިން ލުއިތަކާއެކު ޕޮޒިޓިވް ކޭސްތައް މިވަނީ އިތުރުވެފައެވެ. މި ގޮތުން ބަލާއިރު ކޮންމެދުވަހަކުވެސް 30 އާއި 50 އާއި ދެމެދުގެ ޢަދަދަކަށް ޕޮޒިޓިވް ކޭސްތައް އަންނަނީ ފެންމަތިވަމުންނެވެ. އޭގެތެރެއިން ވެސް ގިނައީ އެއްވެސް ކްލަސްޓަރއަކާ ގުޅުމެއްނެތް ކޭސެސްތައްކަމަށް ސިއްހީ މާހިރުން ފާހަގަކުރައްވައެވެ.

ވޭތުވެދިޔަ ޑިސެމްބަރުމަހުގެތެރޭގައި ދުނިޔެއަށް އުދުއްސައިލި ކޮވިޑް ނުވަތަ ކޮރޯނާ މިއަދު މިވަނީ ދުނިޔެ ރޯނާކޮށްފައެވެ. މި ގޮތުން ދުވާލެއްގެ މައްޗަށް އެތަކެއް ފުރާނައެއް މި ދުނިޔެއާއި އަލްވަދާޢު ކިޔަމުންދާއިރު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި 15 މީހަކު ވަނީ ނިޔާވެފައެވެ. އެޗްޕީއޭއިން ހާމަކުރިގޮތުގައި އޭގެތެރޭގައި ހިމެނެނީ 10 ދިވެއްސެއްގެ އިތުުރުން ބަންގްލަދޭޝްގެ 04 މީހަކާއި ޕިިލިޕީންސް މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: