ނ. މިލަދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ 24 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
މި މަޝްރޫޢުއާއި ބެހޭ މަޢުލޫމާތުދެމުން އެމްޓީސީސީން މިއަދު ބުނީ މިލަދޫގެ އާ ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން 37،222 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމަށާއި 248 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން މަޢުލޫމާތުދީފައިވެއެވެ. އަދި މި މަޝްރޫޢުގެ ދަށުން 137 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށާއި 286 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮއްޓެއްލުމަށް ވެސް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ހަމައެއާއެކު
ބަނދަރު ސަރަހައްދުގައި ރޭމްޕެއް ހެދުމަށާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުން ހިމެނޭކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
މިލަދޫ ބަނދަރު ހެދުމުގެ މަޝްރޫޢާއި އެމްޓީސީސީން ހަވާާލުވެފައިވަނީ ހުސްވި އަަހަރުގެ ސެޕްޓެމްބަރުމަހުގެ 25 ވަނަ ދުވަހުގައެވެ. މި ބިޔަ މަޝްރޫޢުއަށް ޖުމްލަ 42.18 މިލިއަން ރުފިޔާ ހޭދަވާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

