ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: އިތުރު ގްރޭޑްތަކަށް ކިޔެވުން ހުޅުވައިލިޔަސް ނުރައްކަލެއްނެތް- ޑރ.ނަޒްލާ

އެޗްއީއޯސީގެ ސްޕޯކްސްޕަރސަން ޑރ.ނަޒްލާ ރަފީޤު.ފޮޓޯ: ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލުތައް ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވި މިހާރު ކިޔަވައިދެމުން އަންނަ ގްރޭޑްތަކުގެ އިތުރުން، އިތުރު ގްރޭޑްތަކަށް ކިޔެވުން ހުޅުވައިލިޔަސް ނުރައްކަލެއް ނެތް ކަމަށް ޑރ.ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.

ޑރ.ނަޒްލާ ރަފީޤް މިހެން ވިދާޅުވީ ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބުދަދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިންނަށް މަޢުލޫމާތުދެމުންނެވެ.

މި ގޮތުން ޑރ.ނަޒްލާ ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ސްކޫލުތައް ބަންދުކޮށްފައި އޮތުމްށްފަހު ސްކޫލުތައް އަލުން ހުޅުވައިލީ އެޗްޕީއޭއާއި، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕާއި، އެޑިއުކޭޝަން ސެކްޓަރއާއި އެއްކޮށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ސްކޫލުތަކުގައި ރައްކާތެރި މާހައުލެއް ޤާއިމުކުރެވޭނީ ކިހިނެއްތޯ ބަލާފައިކަމަށެވެ. އަދި މިހާރު ސްކޫލުތައް އެ އޮޕަރޭޓް ކުރެވެނީ، އެ ތަނަކީ ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރެވޭނެ އެންމެ ބޮޑަކަށް އެކަން ކަށަވަރުކޮށްފައިކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި 01 ޖުލައިގައި ސްކޫލުތައް ހުޅުވިގެން މިއަދާއި ހިސާބަށްއައިއިރު، ސްކޫލުތަކުން ކޮންޓެކްޓުންގެ ގޮތުގައި ނަގަންޖެހުނު މީހުން ވަރަށް މަދުކަމަށާއި، އޭގެ މާނައަކީ ސްކޫލު މާހައުލުގައި ބަލިފެތުރުމުގެ ފުރުސަތު ވަރަށްކުޑަކަންކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

”އަޅުގަނޑުމެން ހަމަ މި ވަރަށް ބޮޑަށް އެޑިއުކޭޝަން ދާއިރާއާއެކު މަސައްކަތް ވަރަށް ގިނަދުވަހު ކުރެވިގެން ފުރަތަމަވެސް ސްކޫލުތައް ހުޅުވިފައި މި އޮތީ. ހުޅުވުނީ އެޗްޕީއޭއާއި ޓެގާއި އެޑިއުކޭޝަން ސެކްޓަރއާއި އެއްކޮށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ރައްކާތެރި މާހައުލެއް ސްކޫލުތެރޭގަ ޤާއިމުކުރެވޭނީ ކިހިނެއްތޯ މިހާރުގެ އެންމެ ފަހުގެ އެވެއިލަބަލް އެވިޑެންސަށް ބަލާފަ ކޮންކޮން ކަންތައްތަކެއްތޯ ސްކޫލުގަ ކުރެވޭނީ ބަލާފަ އެ ގޮތަށް ޢަަމލުކުރަން ވަރަށް ގިން މަޝްވަރާތަކެއް ކުރެވިގެން އެ ގޮތަށް އިނގޭތޯ. މިހާރު ސްކޫލުތައް އެ އޮޕަރޭޓް ކުރެވެނީ ހުޅުވިފަ ހުރި ސްކޫލުތައް ހުޅުވިފަ އެހުރީ އަޅުގަނޑުމެންނަށް ސްކޫލަކީ މިހާރު ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރެވޭނެ އެންމެ ބޮޑަކަށް އެކަން ކަށަވަރުކޮށްފަ އިނގޭތޯ. މީގެ ހެއްކެއް ކަންނޭނގެ މިހާރު 01 ޖުލައިގަ ސުލކޫލު ހުޅުވިގެން މިއަދު މި 22 ޖުލައިއާއި ހިސާބަށްއައިއިރު މިއަދު އަޅުގަނޑުމެންނަށް ސްކޫލުތެރެއިން މާގިނަ.. ޕޮޒިޓިވް ކޭސްވެސް ފެންނަމުންދާނެ ދެއްތޯ ކޮމިއުނިޓީތެރޭގަ ބަލިއުޅޭކަމަށްވަންޏާ. އެހެންނަމަވެސް ސްކޫލު މާހައުލުގަ އެހާ ރަނގަޅަށް ފިޔަވަޅުތައް އެޅިފަ ހުރީމަ ކޮންޓެކްޓުން ސްކޫލުތެރޭން… ކޮމންޓެކްޓުންގެ ގޮތުގަ ސްކޫލުތެރޭން ނަގަންޖެހޭ މީހުން ވަރަށް މަދު އިނގޭތޯ. އޭގެ މާނައަކީ ޕޮޓެންޝަލް އެކްސްޕޯޒަޝް ސްކޫލުތެރޭން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ވަރަށްކުޑައޭ. އަދި މިހާތަނަކަށް އަޅުގަނޑުމެންނަށް ސްކޫލު މާހައުލުގެތެރެއިން އެކަކުގެ ފަރާތުން އަނެކަކަށް ބަލިޖެހިފަ އޮތްކަމަކަށް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައެއްނެތް އެއްގޮތަކަށް ވެސް އިނގޭތޯ. އެހެންނަމަވެސް ކުޑަކުދިން ރާއްޖޭގަ ވަރަށް ގިނަ ބަލިޖެހިފަ ތިބި އިނގޭތޯ. މި ކުދިންނަށް ޖެހިފަ މި ތިބީ ސްކޫލަށް ގޮސްގެންނެއްނޫން. ސްކޫލަށްނުދާ އަދި މި ވަގުތު އަދި ސްކޫލަށް ނުދާ އޭޖުގެ ވަރަށް ގިނަކުދިން ވެސް އެބަތިބި ބަލިޖެހިފަތިބި.“ ޑރ.ނަޒްލާ

ޑރ.ނަޒްލާ ވިދާޅުވި ގޮތުގައި، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކުދިން ވަރަށް ގިނައެވެ. ނަމަވެސް އެ ކުދިންނަށް ބަލިޖެހިފައިވަނީ ސްކޫލަށް ގޮސްގެންނޫންކަމަށާއި، އޭގެތެރޭގައި ސްކޫލަށް ނުދާ ޢުމުރުގެ ކުދިންނަށް ވެސް ބަލިޖެހިފައިވާ ކަމަށެވެ.

މި ގޮތުން އަންގާރަދުވަހާއި ބުދަދުވަހު ވެސް، ސްކޫލުކުދިން ހިމެނޭހެން ބައެއް ކުޑަކުދިންނާއި، ސްކޫލުގެ ބައެއް ސްޓާފުން ވެސް ޕޮޒިޓިވްވެފައިވާކަމަށާއި، ނަމަވެސް ސްކޫލަކަށްދާ އެއްވެސް ކުއްޖަކު މި ވަގުތު ޕޮޒިޓިވްވެފައެއް ނެތްކަމަށް ވެސް ޑރ،ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވިގޮތުގައި، ސްޓާފުންގެތެރެއިން ޕޮޒިޓިވްވީ މީހުންގެތެރޭގައި ހިމެނެނީ ސްކޫލުން ބޭރުގައި މީހުންނާއި އެއްކޮށް މާސްކުނާޅާ ކައިރީގައި ގިނަ ވަގުތު ހޭދަކޮށްފައިވާތީ ކަމަށެވެ. އެހެންކަމުން އަދިވެސް ސްކޫލް މާހައުލުތެރޭގައި މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި، މި ކަންކަމަށް ވަރަށް ބޮޑު ސަމާލުކަމެއްދީގެން ރަނގަޅަށް އެކަންކަން ބެލެހެއްޓޭތީ ސްކޫލު މާހައުލުން ކޮންޓެކްޓުން ގާތްގަނަޑަކަށް އެއްގޮތަކަށް ވެސް ނުފެންނަކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ނަމަވެސް ކޭސްއެއް ފެނުނުކަމުގަވިޔަސް، އެ ކޭސްތައް ފެނިފައިވަނީ އެހެން ކޭސްތަކާއި ގުޅިގެންކަމަށާއި، ބަލި ފެތުރުމުގެ ފުރުސަތެއް ސުކޫލުތެރެއަކު ނެތްކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި ސްކޫލްތަކުގައި ޕްރެކްޓިސްކުރެވެނީ އިންޓަރނޭޝަނަލް ސްޓޭންޑަރޑް ކަމަށާއި، ގައިދުރުކަމާއި، ސެނިޓައިޒޭޝަނާއި، ބަލީގެ ޢަލާމާތްތަކަށް އަހުލުވެރިވެ ކުދިންނާއި މުވައްޒަފުން ސްކޫލަށް ނުގެންނަކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެހެންކަމުން މި މި މިންގަނަޑުތައް ހިފެހެއްޓޭހައި ހިނދަކު ސްކޫލަށް ކުދިން އައިކަމުގައިވިޔަސް އެއްވެސް ނުރައްކަލެއް ނެތްކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

”އިއްޔެއާއި މިއަދު ވެސް ބައެއް ކުޑަކުދިން މީގެތެރޭގަ ސްކޫލުކުދިންނާއި ސްކޫލުގެ ބައެއް ސްޓާފުން ވެސް ޕޮޒިޓިވްވެފަތިބި. އެއްވެސް ސްކޫލަކަށްދާ ކުއްޖެއް މި ވަގުތު ސްކޫލަށްދާކުއްޖެއް ނެތް ޕޮޒިޓިވްވެފައެއް. އަދި ސްޓާފުންގެތެރޭންވެސް ޕޮޒިޓިވްވީ މީހުންގެތެރޭން ކޮންޓެކްޓުން އިތުރު ސްޓާފުން ކޮންޓެކްޓުންނަށް ވެފަތިބީ ސްކޫލުން ބޭރުގަ އެ މީހުން އެއްކޮށް މާސްކުނާޅާ ކައިރީގަ ގިނަ ވަގުތު ހޭދަކޮށްފަ ތިބީމަ. އެހެންވެ އަދިވެސް ސްކޫލް މާހައުލުތެރޭގަ މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި، މި ކަންކަމަށް ވަރަށް ބޮޑު ސަމާލުކަމެއްދީގެން ރަނގަޅަށް އެކަންކަން ބެލެހެއްޓޭތީވެ ސްކޫލް ސްކޫލް މާހައުލުގަ ކޮންޓެކްޓުން ހަމަ ގާތްގަނަޑަކަށް އެއްގޮތަކަށް ވެސް ނުފެނޭ. ކޭސްއެއް ފެނުނުކަމުގަވިޔަސް. އަދި މި ކޭސްތައް ފެނިފަ މިވަނީ ވެސް އެހެން ކޭސްތަކާ ގުޅިގެން. ސްކޫލްތެރޭންނެއްނޫން އެކްސްޕޯޒަރ އައިސްފަ މިއޮތީކީ.“
ޑރ.ނަޒްލާ

ކޮވިޑް-19 އަށް ލުއިތަކެއް ދިނުމަށްފަހު، ޖުލައި 01 ގައި އަލުން ސްކޫލުތައް ހުޅުވާލައި މާލޭ ސަރަހައްދުގައި ފުރަތަމަ ކިޔަވައިދޭން ފެށީ، ގްރޭޑް 9 އިން ފެށިގެން ގްރޭޑް 12 އާއި ހަމައަށެވެ. ރާއްޖޭގެ އެހެނިހެން ރަށްރަަށުގައި ކިޔަވައިދޭންފެށީ ގްރޭޑް 1 އިން ފެށިގެން ހުރިހައި ގްރޭޑްތަކަށެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ، ޢިދު ބަންދަށްފަހު އަލުން ސްކޫލު ހުޅުވާއިރު، މާލެ ސަރަހައްދުގެ ސްކޫލުތަކުގައި އިތުރު ދެ ގްރޭޑަކަށް ކިޔަވައިދޭން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ހާމަކޮށްފައެވެ. މި ގޮތުން އެ މިނިސްޓްރީން ނިންމާފައިވަނީ ގްރޭޑް 07 އާއި، ގްރޭޑް 08 އަށް ކިޔަވައިދިނުމަށެވެ. މީގެ އިތުރުން ހާލަތު ރަނަގަޅުވަމުން އަންނަކަމަށްވާނަމަ، އިތުރު ގްރޭޑްތަކަށް ކިޔަވައިދޭން ފަށާނެކަމަށް ވެސް އެޑިއުކޭޝަނުން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: