ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތް ދައުވާގެ ޝަރީޢަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކޮށްފި

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އަދި އަނބިކަނބަލުން ނަޝްވާ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބޭރުކޮށްލި އަދީބުގެ ހަތް ދައުވާގެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު މިއަދު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ޝަރީޢަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދެނީ އަދީބު ފިލާފާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ. 

އެގޮތުން އަދީބު މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާގެ ޝަރީޢަތް ނިމެންދެން ހައިކޯޓުން އަމުރުކޮށްފައި ވަނީ އޭނާ ރިމާންޑް ޖަލެއްގައި ބެހެއްޓުމަށެވެ. އަދި އެގޮތަސް ހައިކޯޓުން އަމުރުކުރީ އަދީބަކީ ފިލި ކަމުގެ ރެކޯޑް އޮތް މީހެއް ކަމަށްވާތީ ކަމަށް ހައިކޯޓުން ކުރި އަމުރުގައި ވަނީ ފާހަގަ ކޮށްފައެވެ. 

ޝަރީޢަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދުނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުންނެވެ. 

ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނެފައި ވަނީ  އެ މީހަކާ މެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި، ނުވަތަ ކޯޓަށްހާޒިރުނުވެދާނެ ކަމަށްޓަކައި، ނުވަތަ ފިލައިފާނެ ކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ، އެއްވެސް މީހަކާ މެދު ޝަރީޢަތުން ހުކުމްކުރުމުގެ ކުރީން އެ މީހަކު ބަންދުގައި ބަހައްޓައިގެނެއް ނުވާނެއެވެ. އަދި ބަންދުން ދޫކޮށްލާ ހިނދު ކަފާލާތުގެ އުސޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތީން ކޯޓަށް ހާޒިރުވާނޭކަން ކަށަވަރުކުރުމަށް ކަނޑައަޅާ އެހެން ޝަރުތުތަކެއް ކަނޑައެޅިދާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. 

ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ޝަރީޢަތް ނިނެންދެން އަދީބު ބަންދު ކުރުމަށް ދައުލަތުން އެދޭ މައިގަނޑު ސަބަބަކީ މީގެކުރިން ވެސް އަދީބު ފިލާފައި ވާތީ ކަމަށާއި އަދި އަދީބް މިނިވަންކޮށް ބަހައްޓައިފިނަމަ އަދީބުގެ ސަބަބުން މުޖުތަމަޢުއަށް ނުރައްކާވެދާނެ ކަމަށް ދައުލަތަށް ގަބޫލު ކުރެވޭ ކަމަށެވެ.

ޝަރީޢަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން  އަދީބް ވިދާޅުވީ އޭނާ އަބަދު ފިލާފާނެ ކަމަށް ދައުލަތުން ގަބޫލު ކުރާތީ ހިތާމަ ކުރައްވާ ކަމަށާއި ހާއްސަކޮށް އޭނާ ކުރިން ފިލި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލައި ކުށަށް އިއުތިރާފްވެ ހުކުމް ތަންފީޒް ކޮށްފައި ވަނިކޮށް ވެސް ދައުލަތުން އޭނާ ފިލާފާނެ ކަމަށް އަބަދު ދެކޭތީ އަދީޞު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ވިދާޅުވީ ދައުލަތުން އޭނާ އަބަދު ބަންދުގައި ބަހައްޓައިގެން ޝަރީޢަތް ކުރިއަށް ގެންދަން ބޭނުން ވާނީ އޭނާ ވީމަ ކަމަށާއި ދައުލަތުން އޭނާއާއި މެދު ތަފާތކުރުން ގެންގުޅޭ ކަމަށް އަދީބް ވިދާޅުވިއެވެ. ހަމައެހެންމެ އޭނާއަކީ އެތައް މައްސަލަތަކެއްގެ ހެކިވެރިއަކަށްވާއިރު ވެސް ދައުލަތުން އޭނާ ފިއްތައިލައިގެން ގެންގުޅެން ބޭނުންވާ ސަބަބެއް ނުވިސްނޭ ކަމަށް ވެސް އަދީބް ވަނީ ވިދާޅުވެފައެވެ. 

ދައުލަތުން އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ހައިކޯޓުން އަމުރު ކުރުމުން އަދީބް ވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމުގެ ކަންކަން ހަމަޖައްސައި ދިނުމަށް އެދިވަޑައިގެންފައެވެ. އަދި މިވަގުތު ވެސް ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަމަށް އަދީބް ވިދާޅުވިއެވެ. 

ދައުލަތުން  އަދީބުގެ މައްޗަށް އުފުލި ހަތް ދުވައުވާގެ ތެރޭގައި ހިމެނެނީ:

– މަނީ ލޯންޑްރިންގެ ދެ ދައުވާ
– ހިޔާނާތުގައި ބައިވެރިވި ކަމުގެ ދެ ދައުވާ
– މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއް
– މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެއް
– ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެއް

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: