ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީބާޖާ އެއްބަސްވުންމަށް އޮޑިޓާ ޖެނެރަލް ޒިޔަތު: މަގްސަދެއް ހާސިލެއް ނުވޭ، މީގެ ސަބަބުން ވީ ފައިދާއެއް ވެސް ނެތް!

މިއަދު ބޭައްވި ރައްޔިތުންގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރު ޕްރޮވިންސްގެ ފެރީގެ ހިދުމަތް ދިނުމަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހަވާލުކުރި ދީބާޖާ ކުންފުނީގެ އެބަސްވުމުގައި ހިދުމަތް ފަސް ދުވަހަށް މެދުކެނޑިއްޖެ ނަމަ، އެއްބަސްވުން ބާތިލްކުރެވިދާނެކަމަށް ބުނެފައިވާ ކަމަށާއި، މީގެ ބޭނުމަކީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ މަގު ފަހިކުރަން ކަމަށްވާ އިރު އެ މަގްސަދު ހާސިލް ނުވާކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.

ޒިޔަތު ވިދާޅުވީ ފެރީގެ ހިދުމަތް ދިނުމަށް އެއްބަސްވުން އުވާލުމުން ބޮޑު ބަދަލެއް ދީބާޖާއަށް ދޭން ކޯޓު ހުކުމުން އަދި ރައީސް އޮފީހުގެ ސެޓަލްމެންޓު ކޮމިޓީން ނިންމާފައި އޮތް ނަމަވެސް އެ ކުންފުންޏަށް ދައުލަތުން އެއްވެސް ބަދަލެއް ދޭންޖެހޭ ވަރުގެ ގެއްލުމެއް ލިބުނުކަން ސާބިތުވާވަރުގެ އެއްވެސް ހެއްކެއް ލިބުނުކަން ލިޔެކިއުމަކުން ވެސް ފެންނާކަށް ނެތް ކަމަށެވެ. ދީބާޖާ މައްސަލައިގައި ބޭއްވި މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ޒިޔަތު ވިދާޅުވީ ދީބާޖާއި އެކު ވެފައިވާ އެއްބަސްވުމަކީ އެއީ ނ، ރ، ބ އަތޮޅު އަދި ޅ އަތޮޅުގައި ފެރީގެ ހިދުމަތް ދިނުމަށްވެފައިވާ އެއްބަސްވުމަކަށް ވާއިރު، އެކަން ކުރިޔަށް ގެންދިއުމަށް ސަރުކާރުން ކުރިޔަށް ގެންދަންޖެހޭ ހުރިހާ ކަމެއް ވެސް އޮތީ ފުރިހަމަކޮށްފައި ކަމަށެވެ. ނަމަވެސް އުސޫލަށް ބަލާއިރު އެއްބަސްވުމާއި ހިލާފު އަމަލުތަކެއް ހިންގީ ދީބާޖާއިން ކަމަށާއި، އެއީ ސަރުކާރުގެ އެއްވެސް މުއާމަލާތެއް ގޯސްވުމުން ނުވަތަ ކަމެއް ކޮށްނުދިނުމުގެ ސަބަބުން ހިނގި ކަމެއް ނޫން ކަމަށް ވެސް ޒިޔަތު ވިދާޅުވިއެވެ.

މިއީ އެތައް ބަޔަކު ބަރޯސާވި ހިދުމަތެއްކަން ފާހަގަކޮށް ޒިޔަތު ވިދާޅުވީ، އެއްބަސްވުމުގައި ވެސް ވަރަށް ސާފުކޮށް މިއީ މެދުކެނޑުމެއް ނެތި ފަސް އަހަރުވަންދެން ދޭން ޖެހޭނެ ހިދުމަތެއްކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ ހިދުމަތް މެދުކެނޑިއްޖެނަމަ އެއްބަސްވުން ބާތިލކުވާނެކަމަށް ކޮންޓްރެކްޓުގައި ބުނެފައިވާ ކަމަށެވެ. އެހެން ކަމުން ދައުލަތުން ދޭންޖެހޭ ބަދަލެއް ނޯންނާނެކަމަށް ޒިޔަތު ވިދާޅުވިއެވެ.

މި މައްސަލައިގެ ތަފްސީލެއްގެ ގޮތުގައި ޕްރެޒެންޓޭޝަނެއް ވެސް ހުށަހަޅާފައިވާއިރު، އޭގައި ބުނެފައިވާގޮތުން ދީބާޖާ އެއްބަސްވުމުގެ ސަބަބުން ރައްޔިތުންނަށް ވީ އެއްވެސް ފައިދާއެއް ނެތެވެ. އަދި އެގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ރަށް ރަށުގެ ކައުންސިލްތަކުގެ ފަރާތުން އެކަމުގެ ޝަކުވާތައް ޓްރާންސްޕޯޓަށް ވެސް ހުށަހެޅިކަމަށެވެ.

ދީބާޖާއާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދަތުރުތައް ކުރުމުގައި 13 ފެރީ ބޭނުން ކުރަންޖެހޭނެކަމަށް ބުނެފައިވީ ނަމަވެސް، ބޭނުންކުރީ 08 ފެރީއެއްކަން ވެސް އޮޑިޓް އޮފީހުން ބުނެފައިވެއެވެ. އޭގެ އިތުރަށް ދަތުރުތައް ހުއްޓުމުން، އެ ދަތުރުތައް އަލުން ފަށާނެ ތާރީހުތައް ދޭންވެސް ޓްރާންސްޕޯޓުން ދީބާޖާއަށް އެންގިކަމަށް ވެއެވެ.

ދީބާޖާއިން އެއްވެސް ހަރަދުތަކެއް ކުރިނަމަ އެކަމުގެ ތަފްސީލުތައް ދޭން އެދުމުން ވެސް އެގޮތަށް އަމަލު ނުކުރާކަމަށް ޒިޔަތު ވިދާޅުވިއެވެ. އަދި ދީބާޖާއިން ބުނެފައިވަނީ މިހާ ދުވަސްވެގެން ދިއުމުގެ ސަބަބަބުން ލިޔެކިޔުންތައް ނުބަލަހައްޓާ ކަމަށެވެ. އޭގެ އިތުރުން ލިބުނު ގެއްލުމުގެ ތަފްސީލެއް ވެސް ނެތްކަމަށް ޒިޔަތު ވިދާޅުވިއެވެ.

”އެ ލިޔުން އަޅުގަނޑުމެން ވެސް ބަލާލިން. އެއަކު ނެތް ފެރީ ހިދުމަތުގެ އެއްވެސް ރެވެނިއުއެއް ވެސް އެކްސްޕެންސެސް އެއްވެސް. އޭގައި ހުރީ އެ ބޭފުޅުންގެ ރިސޯޓް ހިންގައިގެން ފެރީ ޓާމިނަލް، ގެސްޓް ހައުސް ހިންގައިގެން ލިބޭނެ އާމްދަނީ އަންދާޒާ ކޮށްފައި“ ޒިޔަތު

މީގެ އިތުރުން އޮޑިޓު އޮފީހުގެ ކޮމްޕެލެއިންސް ސްޕެޝަލް އޮޑިޓްގެ މެނޭޖަރު އަބްދުﷲ ޒުހުރީ ވިދާޅުވެފައިވަނީ، ދީބާޖާގެ ފަރާތުން ޓްރާންސްޕޯޓަށް ހުށަހަޅާފައިވާ ލިޔެލިޔުމުގައި އެއްވެސް ތަފްސީލެއް ފެންނާކަށް ނެތް ކަމަށެވެ. އަދި ތިން އަހަރަށް ލަފާކޮށް ހިންގާނެ ހަރަދަށް ބަލައި، ދިން ސަބްސިޑީއިން އެ ކުންފުންޏަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. ސަބްސިޑީގެ ގޮތުގައި ވެސް 115 މިލިއަން ރުފިޔާ ދީފައިވާއިރު، އޭގެ ތެރޭގައި ދީބާޖާއަށް ދިން ރަށުގެ ލީސް އެކުއިޒިޝަން ކޯސްޓަކީ 68 މިލިއަންގެ ގޮތުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: