ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޭބާރ ރިލޭޝަންސްގެ ސިޓީއެއް ރިޒްއަށް: މަސް ނިމުމުގެ ކުރިން ބިދޭސީންނަށް މުސާރަ ދޭން ޖެހޭނެ، ނޫނީ ފިޔަވަޅު އެޅޭނެ!

ބޮޑު ފިނޮޅުގެ ހަމަނުޖެހުންތަކަށްފަހު ހައްޔަރު ކުރި ބިދޭސީންތައް/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑު ފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނަށް މުސާރަ ނުދޭތާ 07 މަސް ދުވަސްވެފައިވާއިރު، މަސައްކަތްތެރިންނަށް ނުދެވިވާ މުސާރަ ދީ ނިންމުމަށްފަހު އެކަން ކަށަވަރު ކުރެވޭނެ ލިޔުމެއް މި މަސް ނިމުމުގެ ކުރިން ލޭބާރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހެޅުމަށް ރިޒް ކުންފުންޏަށް އަންގައިފިއެވެ.

މުސާރަތައް ނުދީ 200 އެއްހާ ބިދޭސީން ލައްވާ މަސައްކަތް ކުރުވާތާ އެތައް މަސްތަކެއް ވީފަހުން، އެ ބިދޭސީން ވަނީ ތަށުގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގާފައެވެ. އަދި އޭގެ ތެރެއިން ރަށުގައި އެވަގުތު ތިބި ދިވެހިންތަކެއް ވެސް ރަހީނުކުރިއެވެ. މައްސަލައިގައި ފުލުހުން ވަނީ ރަށުން 19 ބިދޭސީއެއް ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް ދެ ވަނަ ފަހަރަށް 15 ދުވަސް ޖަހާފައެވެ.

މައްސަލައިގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު، ރިޒް ކުންފުނިން ބުނަމުން ދަނީ ބިދޭސީންނަށް މުސާރަ ދޭންޖެހެނީ ސީލް މޯލްޑިވްސްއިން ކަމަށެވެ. ނަމަވެސް ސީލްއިން އެކަމަށް އިންކާރު ކުރެއެވެ. އަދި ވަނީ ފައިސާ ދީފައިވާނެކަމަށް ވެސް ބުނެފައެވެ.

މައްސަލަ ބޮޑުވެ، ލޭބާ ރިލޭޝަންސް ރިލޭޝަންސް އޮތޯރިޓީއިން، އާރުއައިއެކްސް (ރިޒް) ގެ މެނޭޖިން ޑިރެކްޓަރު އަލީ ރިޒާއަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ބޮޑު ފިނޮޅުގައި މަސައްކަތްތައް ކުރި ބިދޭސީންގެ މުސާރަ ނުލިބިގެން ކުރި މުޒާހަރާތަކާއި ގުޅިގެން، އެ މައްސަލައަށް ހާއްސަ އިސްކަމެއް ދީގެން ބަލަމުން އަންނަ ކަމަށެވެ. ބިދޭސީންގެ ހަމަނުޖެހުންތަކަށް ފަހު ފުލުހުންގެ އެދުމަކަށް ޖުލައި މަހުގެ 04 ވަނަ ދުވަހު ލޭބާރ ރިލޭޝަންސްގެ ދެ އޮފިސަރަކު ބޮޑު ފިނޮޅަށް ދިޔަކަން ފާހަގަކޮށް އެ އޮތޯރިޓީން ބުނެފައިވަނީ، މުސާރައާއި ބެހޭ ގޮތުން ވާހަކަ ދައްކާ މަޝްވަރާކޮށްފައިވާނެ ކަމަށެވެ. އޭގެ އިތުރުން ވެސް ރިޒް ކުންފުނީގެ ގާނޫނީ ވަކީލު އަލީ ސައީދާއި ވެސް ބައްދަލުވެ ވާހަކަ ދައްކާފައިވާނެ ކަމަށް ސިޓީގައި ވަނީ ބުނެފައެވެ.

ސިޓީގައި ބުނެފައިވާ ގޮތުން، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑު ފިނޮޅުގައި ރިޒް ކުންފުންޏާއި، ބޮޑު ފިނޮޅު ހޮޓެލް އެންޑް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ބިދޭސީން ފިޔަވައި ދެން ރަށުގައި ތިބީ އެކި ކުންފުނިތަކުގެ ނަމުގައި ރާއްޖޭގެ ވަޒީފާތަކަށް އައިސް، ގަވައިދާއި ހިލާފަށް އުޅޭ މީހުންނެވެ. ބިދޭސީންނާއި ދެއްކި ވާހަކަތަކުން އެ މީހުންނަށް ވަޒީފާ ދިނީ، ރިޒް ކުންފުނިންކަން ފާހަގަވާ ކަމަށާއި، ބިދޭސީން ރަށުގައި ކުރަންޖެހޭ މަސައްކަތްތަކާއި، އަދި އެ މީހުންގެ މުސާރަ ވެސް ކަނޑައަޅަނީ ރިޒް ކުންފުނިން ކަމަށެވެ.

ބޮޑު ފިނޮޅުގެ މައްސަލައާއި ގުޅިގެން ރިޒް ކުންފުންޏާއި، ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު އެއް ކުންފުނި އަނެއް ކުންފުންޏަށް ތުހުމަތުތަކެއް ކުރަމުން އަންނައިރު ލޭބާރ ރިލޭޝަންސްއިން ބުނެފައިވަނީ ދެ ކުންފުނީގެ ދެމެދު ބަދަލު ކުރެވިފައިވާ ލިޔެކިޔުންތައް ދައްކާ ގޮތުން ބޮޑު ފިނޮޅުގައި ތިބި ބިދޭސީންނަކީ ރިޒް ކުންފިނިން މުސާރަ ދެމުން އަންނަ ބިދޭސީން ކަމަށެވެ.

ލޭބާރ ރިލޭޝަންސްއިން ރިޒް ކުންފުންޏަށް ފޮނުވި އެ ސިޓީގައި އިތުރަށް ބުނެފައިވަނީ ބޮޑު ފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރަމުން އަންނަ ސީލް މޯލްޑިވްސްއަށް ލިބުނު ޕްރޮޖެކްޓު ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން މަސައްކަތް ކުރުމަށް ހަވާލުވެފައިވަނީ ރިޒްއިން ކަމަށެވެ. އަދި ދެފަރާތުގެ އެއްބަސްވުމަށް ބަލާއިރު ބޮޑު ފިނޮޅުގައި ކުރަންޖެހޭ މަސައްކަތްތައް ބޭނުންވާ މީހުން ހަމަޖައްސައިދިނުމާއި އެ މީހުންނަށް މުސާރަ ދިނުމާއި، ކާން ދިނުން އަދި އެ މީހުންނާއި ގުޅޭގޮތުން ސަރުކާރަށް ދައްކަންޖެހޭ ފައިސާ ވެސް ދެއްކުމަކީ ރިޒްއިން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.

އެހެން ކަމުން ބޮޑު ފިނޮޅުގައި ހަޅުތާލު ހިނގިއިރު ތިބި، 179 ބިދޭސީންނަށް ނުދެވިވާ މުސާރަ ދީ ނިންމުމަށްފަހު އެކަން ކަށަވަރު ކުރެވޭނެ ލިޔުމެއް މި މަސް ނިމުމުގެ ކުރިން އެ އޮތީރިޓީއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. އެ އެންގުމަށް އަމަލު ނުކުރާނަމަ ވަޒީފާއާއި ބެހޭ ގާނޫނުގެ ދަށުން ކުންފުންޏާއި މެދު ފިޔަވަޅު އަޅާނެކަމަށް ވެސް ލޭބާރ ރިލޭޝަނަސްއިން ވަނީ ބުނެފައެވެ.

ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމަށް ސީލް މޯލްޑިވްސްއަށް ދޫކުރި ނަމަވެސް، ރަށުގައި ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން މަސައްކަތް ކުރަނީ ރިޒް ކުންފުނިންނެވެ. ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުންތަކެއް ވެސް ގާއިމްކޮށްފައިވާއިރު، އެއްބަސްވުމުގެ ދަށުން މަސައްކަތްތަކުގެ ހުރިހާ އިންތިޒާމެއް ބަލަހައްޓަން ޖެހެނީ ރިޒް ކުންފުނިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: