ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީން ބަލާ މައްސަލަތައް ލަސްވުމުގެ ޒިންމާ ނަގަންޖެހޭނީ މަޖިލީހުން: ޒަރިޔަންދު

ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ އެތައް ބައިވަރު މައްސަލައެއް ނުނިމި ދިގުލައިގެންދިޔުމުގެ ފުރިހަމަ ޒިންމާ ރައްޔިތުންގެ މަޖިލީހުން ނަގަންޖެހޭނެ ކަމަށް ޓެންޑަރ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ޚަބަރަށް ފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ މަޖިލީހުގެ ޖަލްސާތަކުގައި އަޑަށް ބާރު ލައްވާ ކޮރަޕްޝަންގެ ވާހަކަ އެއްވެސް މެންބަރަކަށް ދެއްކެވޭ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި، އެ ޖާގަދެނީ މަޖިލީހުގެ މެންބަރުން ކަމަށެވެ.

ޒަރިޔަންދު ވިދާޅުވީ އޭސީސީގައި ތަޖުރިބާ ލިބިފައިވާ ކަންކަން ދަންނަ ބޭފުޅުން ތިއްބެވި ކަމަށް ޤަބޫލު ކުރައްވަން ބޭނުންވާ ކަމަށެވެ. ނަމަވެސް އޭސީސީ ހިންގުމުގަޔާއި އެކޮމިޝަނުގެ މައްސަލަތައް ބެލުމުގައި ބާރު އަޅަންޖެހޭ ދެ ފަރާތެއް ހިމެނޭ ކަމަށެވެ.

އޭސީސީން މައްސަލަތައް ބެލުމާއި އަވަސް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުން ބާރު އަޅަންޖެހޭ ކަމަށާއި ނަމަވެސް ޕީޖީ ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރިނަމަވެސް ރައްޔިތުންގެ މަޖިލީހުން އޭސީސީ ޖަވާބު ދާރީ ކުރުވާތަން ނުފެންނަ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

”އޭސީސީން ބުނާ ހުރިހާ އެއްޗެއް ޤަބޫލުކޮށްގެން ތިބޭތަން އަޅުގަނޑަށް ފެންނަނީ، އެހެންވީމަ އަޅުގަނޑަކަށް އެއްވެސް ގޮތަކަށް ޤަބޫލެއް ނުކުރެވޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަރަޕްޝަނޭ، އެމްއެމްޕީއާރުސީ އޭ އަށް ސަތޭކަ މިލިއަނޭ ދެ އިރު ދެ ދަޅައަށް ވިދާޅުވާކަށް އޭސީސީ ޒިންމާދާރު ނުކުރުވާ“ ޒަރިޔަންދު

މީގެ އިތުރުން ޒަރިޔަންދު ވިދާޅުވީ އޭސީސީގެ މެންބަރުން މަޤާމާއި ޙަވާލުވިތާ އަހަރެއް ވަނީ ކަމަށާއި ނަމަވެސް އޭސީސީގެ މެންބަރުންގެ އަދިވެސް ބޭނުންވަނީ ރާއްޖޭގެ މާހައުލުގައި ހިނގަމުންދާ ކަންކަމަށް ހޭނިލަން ވަގުތުކޮޅެއް ކަމަށް ވިދާޅުވާ ކަމަށެވެ.

ޒަރިޔަންދު ވިދާޅުވީ އެފަދަ މަޤާމަށް އައްޔަންކުރާ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ނުކުރެވޭނަމަ އެކަމަކާއި ޙަވާލު ނުވާނީ ކަމަށެވެ. އޭސީސީގެ މެންބަރުން ކޮރަޕްޝަނުގެ ކަންކަމަށް ފަރިތަވެ ދަސްކުރަން އަހަރެއް ހޭދަވާނަމަ، ބާކީ އޮތް މުއްދަތުގައި ބަލަންޖެހޭ މައްސަލަތައް އިތުރުވުން ނޫން ކަމެއް ނުވާނެ ކަމަށެވެ.

ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އޭސީސީގެ މެންބަރުންނަށް ކޯޓަށް ފޮނުވޭ ވަރަށް ނުވަތަ ތަހުގީގުކުރާ އެއްވެސް މައްސަލައެއް ނެތޭ ބުނެވޭ ވަރަށް ކަންކަން ނުކުރެވޭނަމަ އޭގެ މާނައަކީ ރައްޔިތުންނަށް މާޔޫސްކަން ދިނުން ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ޒަރިޔަންދު ވިދާޅުވި ގޮތުގައި އޭސީސީ ސަބަބުން ބައެއް މައްސަލަތައް ގޯސްކޮށް ހިނގައި، ދައުލަތަށްވެސް ގެއްލުންވެފައިވެއެވެ. މައްސަލަތައް ނިންމުމަށްވުރެ އޭސީސީގެ މެންބަރުން ދިރާސާ ރިޕޯޓް ލިޔުއްވަން މާ ފަރިތަކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: