ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެދުފަންތީގެ މީހުންނަށް ޚާއްސަކޮށް ހުޅުމާލޭގައި ފްލެޓްތައް އެޅުމަށް ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މެދުފަންތީގެ މީހުންނަށް ޚާއްސަކޮށް ހުޅުމާލޭގައި ފްލެޓްތައް އެޅުމަށް ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އާންމުކޮށްފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ހުޅުމާލޭގައި ”މިކްސްޑް ރެޒިޑެންޝަލް ބިލްޑިންގްސް“ގެ ގޮތުގައި ފްލެޓް އިމާރާތްކޮށް، ވިއްކާނެ ބަޔަކު ހޯދުމަށް އިއުލާން ކުރާ ކަމަށެވެ. އެގޮތުން 14 ބުރީގެ ތިން ފްލެޓާއި 10 ބުރީގެ އެއް ފްލެޓް އިމާރާތްކޮށް، ވިއްކާނެ ބަޔަކު ހޯދުމަށް ވަނީ ހުޅުވާލާފައެވެ.

14 ބުރީގެ ތިން ފްލެޓްގެ ބޮޑުމިނަކީ، 24،098 އަކަފޫޓާއި، 30،047 އަކަފޫޓާއި، 26،969 އަކަފޫޓެވެ. 10 ބުރީގެ ފްލެޓްގެ ބޮޑުމިނަކީ 12،294 އަކަފޫޓެވެ.

ފްލެޓް އިމާރާތްކުރުމާއި، ވިއްކުމަށް ޝައުގުވެރިވާ ދިވެހި ކުންފުނިތަކުން ބިޑް ސެކިޔުރިޓީގެ ގޮތުގައި 500،000ރުފިޔާ ދައްކަން ޖެހެއެވެ. އަދި ބޭރުގެ ކުންފުންޏެއްނަމަ ބިޑް ސެކިޔުރިޓީގެ ގޮތުގައި 100،000 ޑޮލަރު ދައްކަންޖެހެއެވެ.

 

https://twitter.com/hdcmaldives/status/1286536916456714240

މިމަޝްރޫއާ ގުޅުންހުރި އިތުުރު މައުލޫމާތު ހިއްސާކުރާނީ، ޝައުގުވެރިކަން ފާޅުކޮށް އެކަމަށް ރަޖިސްޓްރީވާ ކުންފުނިތަކަށް އެކަނިކަމަށް އެޗްޑީސީއިން މައުލޫމާތުދެއެވެ. ރަޖިސްޓްރީވުމުގެ ފަހު ތާރީޚަކީ 13 އޮގަސްޓެވެ.

މައުލޫމާތު ސާފުކުރުމަށް ހުށައެޅުމުގެ ފަހު ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަންނަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހެވެ. އަދި ސާފުކުރެއްވުމަށް އެދި ހުށައަޅާ މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުގައި ޝާއިއުކުރަމުންދާނެ ކަމަށެވެ. އަދި ޕްރޮޕޯޒަލް ހުށައެޅުމުގެ ފަހު ތާރީހަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަސް ކަމަށް އެޗްޑީސީއިން ހާމަކުރެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: