ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ހުޅުމީދޫ އާއި މަރަދޫގައި ”ގޭދޮށު މަސް ޕްލާންޓު“ ހެދުމަށް ދެ ކުންފުންޏަކާއި ހަވާލުކޮށްފި

މަސް ފެކްޓްރީތައް ގާއިމް ކުރުން އެއީ މި ސަރުކާރުގެ ވައުދެއް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން އައްޑޫ ސިޓީ ހުޅުދޫ އާއި، މަރަދޫގެ ގޭދޮށު މަސް ޕްލާންޓް މަޝްރޫއުގެ މަސައްކަތް ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ މަގްސަދަކީ އައްޑޫ ސިޓީގައި މަސް ޕްލާންޓުތައް ބަހައްޓައި، ކަނޑު މަސް ގަނެ، ޕްރޮސެސްކޮށް އަގު އެއް ކުރެވޭ ބާވަތްތައް އުފެއްދުމެވެ. އަދި ކޮންމެ ޕްލާންޓެއް ވެސް ގާއިމް ކުރުމަށް ނިންމާފައިވަނީ 20 ޓަނުގެ އައިސް އުފައްދައި 20 ޓަނުގެ މަސް ފިނިކޮށް ބެހެއްޓޭނެ ވަސީލަތްތައް ހިމެނޭ ގޮތަށެވެ.

އެގޮތުން އެ މަސް ޕްލާންޓުތަކުން މަސް ކިރުމާއި، ސާފު ކުރުރުން، އަދި ފިނި ކުރުމާއި ގަނޑު ކުރުމުގެ އިތުރުން ވެކިއުމް ކުރުން ހިމެނެއެވެ. އަދި މަސް ޕެކޭޖުކޮށް ޕްރޮސެސްކޮށް ނިމިފައި ހުންނަ މަހުގެ ކޮލިޓީ ބެލުން މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

މަސް ގަތުމާއި، މަސް ޕްރޮސެސް ކުރުމުގެ ވަސީލަތްތައް ރާއްޖޭގައި އިތުރު ކުރުމާއި އެކު، މަހުގެ އެކި އުފެއްދުންތައް ރައާރަފް ކުރުމަކީ މި މަޝްރޫއުގެ އަމާޒެކެވެ. އަދި ގޭދޮށު މަސް ޕްލާންޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

މި މަސައްކަތްތައް ކުންފުންޏަކާއި ހަވާލު ކުރިއިރު، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ގޭދޮށު މަސް ޕްލާންޓު ހެދުމަށް ކޮންސެލްޓެންޓެއް ހޯދުމަށް ވެސް ހުޅުވާލިއެވެ.

އައްޑޫ ހުޅުމީދޫގައި ގާއިމް ކުރާ ގޭދޮށު މަސް ޕްލާންޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މެކޯ ޕްރައިވެޓާއި އެވެ. ކުންފުނިން މި މަޝްރޫއުއަށް 6.6 މިލިއަން ރުފިޔާ ހޭދަކުރާއިރު، އިންޑިއާގެ ސަރުކާރުން މަޝްރޫއުއަށް ހޭދަ ކުރާނީ 06 މިލިއަން ރުފިޔާއެވެ. އެއްބަސްވުމުގައި ވާ ގޮތުން މަސައްކަތް އެއްބަސްވުން ހަވާލު ކުރާތާ 11 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ.

މީގެ އިތުރުން މަރަދޫ ޕްލާންޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޓްރައިންޑް ޕްރައިވެޓް ލިމިޓެޑާއި އެވެ. މަރަދޫގެ މަސް ޕްލާންޓުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހު 9 މަސް ދުވަހުގެ ތެރޭގައި ފެށުމަށް ވަނީ އެއްބަސްވުމުގައި ހިމަނާފައެވެ. މި މަޝްރޫއުއަށް ކުންފުނިން 22.1 މިލިއަން ހަރަދު ކުރާއިރު، އިންޑިއާގެ ސަރުކާރުން ހަރަދު ކުރާނީ 06 މިލިއަން ރުފިޔާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ އައްޑޫގެ މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ މަސް ޕްރޮސެސް ކުރުމަކާއި ނުލާ ވިއްކަން ޖެހުން ކަމަށެވެ. އަދި އޭގެ ސަބަބެއްގެ ގޮތުން މަސްވެރިކަމުން ލިބެންޖެހޭ ނަފާ އާއި ފައިދާ އެންމެ ރަނގަޅު ގޮތުގައި ނުލިބޭ ކަމަށެވެ.

އައްޑޫ ސިޓީގެ ތިން ރަށެއްގައި މި މަޝްރޫއު ކުރިޔަށް ގެންދާނެއެވެ. މިދިޔަ މޭއި މަހުގެ ތެރޭގައި ހިތަދޫގެ މަސް ޕްލާންޓު އެއްބަސްވުމުގައި ސޮއިކޮށް އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. ހިތަދޫ ޕްލާންޓުގެ މަސައްކަތް ވެސް ނިންމަން ޖެހެނީ އެއްބަސްވުމުގައި ސޮއި ކުރި ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައެވެ.

މި ޕްލާންޓުތަކާއި އެކު، 400-800 ޓަނާއި ދެމެދުގެ އަދަދަކަށް މަސް ގަނެ ޕްރޮސެސް ކުރެވޭނެއެވެ. ގޭދޮށު މަސް ފެކްޓަރީގެ ބޭނުމަކީ މަސްވެރިން ބާނާ މަސްތައް ގަތުމުގެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމެވެ. މި ފެކްޓަރީތައް ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައި މި ވަނީ އައްޑޫގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: