ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައުލީމީ ބިލަށް މަޝްވަރާ ކުރުމަށް ފުރުސަތު ނުލިބުމުން، ޓީޗާސް އެސޯސިއޭޝަންގެ ކަންބޮޑުވުންތައް ރައީސަށް!

ތައުލީމުގެ އައު ގާނޫނު އިންގިލާބީ ބަދަލަކާ ދިމާއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މިވަގުތު އޮތް، ތައުލީމީ ބިލަށް މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިފައިނުވާތީ ޓީޗާސް އެސޯސިއޭޝަނުން ބިލުގައި ހުރި ބައެއް ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް ހުށަހެޅުއްވި ތައުލީމުގެ ބިލް މިވަގުތު އޮތީ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައެވެ. އަދި މި މަހުގެ 12 ވަނަ ދުވަހު އެ ކޮމިޓީން ވަނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާކާރުންނާއި ބައްދަލުކޮށް މަޝްވަރާތަކެއްކޮށްފައެވެ.

ބިލުގައި ހުރި ކަންތަކަށް، މަޝްވަރާ ކުރުމަށް ކޮމިޓީގެ ތެރެއިން ފުރުސަތު ލިބިފައިނުވާތީ ޓީޗާސް އެސޯސިއޭޝަނުން ބުނެފައިވަނީ އެ ކަންބޮޑުވުންތައް މިހާރު ރައީސްއަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު ހުށަހެޅުއްވި ބިލުގައި މަތީ ތައުލީމު ދޭ މަރުކަޒުތައް މޮނީޓާރ ކުރުމާއި އެތަންތަނުގެ ފެންވަރު ހިފަހައްޓާ ދިރާސާ ކުރުމާއި އަދި އެކި ޓްރެއިނިންތައް ކުރިޔަށް ގެންދަން ވަނީ ހިމަނާފައެވެ.

ތައުލީމުގެ ބިލަކީ، ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ، އުނގެނުމުގެ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި ގާއިމް ކުރަންޖެހޭ ގާނޫނީ އޮނިގަނޑު ގާއިމް ކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ. އަދި މި ބިލުގައި ރާއްޖޭގެ ތައުލީމީ ނިޒާމު ބިނާވެގެންވާ އަސާސްތަކާއި، އުނގެނުމާއި ގުޅޭގޮތުން ދަރިވަރުންނަށް ލިބިދޭ ހައްގުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި އަދި ޓީޗަރުންގެ ޒިންމާތައް ކަނޑައަޅައި، ރާއްޖޭގައި ތައުލީމު ދިނުމާއި ގުޅޭ އެ ނޫންވެސް އާއްމު ހަމަތަކާއި އުސޫލުތައް ބަޔާން ކުރެއެވެ.

މި ބިލާއި އެކު މަތީ ތައުލީމުގެ ބިލް ވެސް ވަނީ ހުށަހަޅާފައެވެ. އެގޮތުން އެ ބިލަކީ ރާއްޖޭގައި މަތީ ތައުލީމުގެ ކަންކަން ވިލަރެސް ކުރުމާއި، އެފަދަ ތައުލީމުދޭ މަރުކަޒުތައް މޮނީޓާކޮށް، އެ މަރުކަޒުތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމުގައި ސަރުކާރުގެ އިދާރާއެއް ގާއިމް ކުރާނެއެވެ. ބިލުގައި އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައަޅައި، ރާއްޖޭގައި މަސައްކަތުގެ ތައުލީމާއި ތަމްރީނު ދިނުމުގެ ހަރުދަނާ ނިޒާމެއް ރާވައި ހިންގުމާބެހޭ އުސޫލުތައް  ވެސް ބަޔާން ކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: