ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާންމު ޚިދުމަތްދޭ ތަންތަނުގެ ތެރެއިން އިތުރު 50 ތަނެއް ބަންދުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފުވުމުގެ ސަބަބުން އާންމު ޚިދުމަތްދޭ ތަންތަނުގެ ތެރެއިން އިތުރު 50 ތަނެއް ބަންދުކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފައިވާ ގޮތުން އެޗްޕީއޭއިން މިހާރު ކުރިއަށްދާ އިންސްޕެޝަންގެ ތެރެއިން، އިންސްޕެކްޝަންގެ ދެވަނަ ދުވަހު ޖުމްލަ 99 ތަނެއް ބަލައި ފާސްކޮށްފައިވާއިރު އޭގެ ތެރެއިން 50 ތަނެއް ވަނީ ބަންދުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކެފޭ، ރެސްޓޯރަންޓްތަކުގެ 22 ތަނަކާއި، 24 ފިހާރައަކާއި 4 ސެލޫނެކެވެ.

އިންސްޕެކްޝަންގެ ފުރަތަމަ ދުވަހު ޖުމްލަ 27 ތަނެއް ވަނީ ބަންދުކޮށްފައެވެ. އިންސްޕެކްޝަންގެ ފުރަތަމަ ދުވަހު 52 ތަނެއް ބަލައި ފާސްކޮށްފައިވާއިރު 17 ކެފޭ، ރެސްޓޯރަންޓަކާއި، 9 ފިހާރައެއްގެ އިތުރުން ސެލޫނެއްވެސް ފުރަތަމަ ދުވަހު ވަނީ ބަންދުކޮށްފައެވެ.

ކޮވިޑް-19އާއި ގުޅިގެން އައު އާންމު ހާލަތަށް ރުޖޫއަވުމުގައި އާންމު ޚިދުމަތްދޭ ތަންތަނުގައި ރައްކާތެރިކަމާއެކު ޚިދުމަތް ދިނުމުގެ އިންތިޒާމް ހަމަޖެއްސުމަކީ ބަލި ފެތުރުން މަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ. އަދި މިފަދަ ތަންތަނުން އާންމު ޚިދުމަތް ފޯރުކޮށްދޭންވާނީ ކޮވިޑް-19އާއި ގުޅިގެން އެއެޖެންސީއިން އާންމުކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށްކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.

އާންމު ޚިދުމަތްދޭ ބައެއް ތަންތަނުގައި އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަމުން ދިޔަ ކަމުގައިވިޔަސް، ބައެއް ތަންތަނުން އެއުސޫލުތަކާއި އެއްގޮތަށް އަމަލުކުރަމުން ނުދާކަން އާންމުންވެސް ފާހަގަކުރެއެވެ.

މިއީ ކޮވިޑްް-19އާއި ގުޅިގެން އެޗްޕީއޭއިން ކުރިއަށްގެންދާ މިފަދަ ދެވަނަ އިންސްޕެކްޝަނެވެ. އާންމު ޚިދުމަތްދޭ ތަންތަނުގެ ތެރެއިން އުސޫލާއި ދެކޮޅަށް ޚިދުމަތްދިން ބައެއް ތަންތަން މީގެ ކުރިންވެސް ވަނީ ޖޫރިމަނާކޮށް، ފިޔަވަޅު އަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: