ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޔާވި ބިދޭސީއެއް ކޮވިޑަށް ޓެސްޓު ކުރިއިރު ބައްޔަށް ޕޮޒިޓިވް

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވަނީ އިތުރުވާން ފަށާފައި/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭގެ ވަގުތެއްގައި ނިޔާވެފައި އޮއްވާ ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީއެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފިއެވެ.

ބިދޭސީ މީހާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ، އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ތެރެއިންނެވެ. އުމުރުން 29 އަހަރުގެ އެ ފިރިހެން މީހާ، ނިޔާވެފައިވަނީ ކޮވިޑު ބަލީގައި ނަމަވެސް އެއީ ކޮވިޑު މަރެއްގެ ގޮތުގައި ނުބަލާނައެވެ. މީގެ ކުރިން ވެސް އަމަލު ކުރަމުން އަންނަ އުސޫލުތަކުގެ ދަށުން، ނިޔާވެގެން ހޮސްޕިޓަލަށް ގެންދާ މީހެއްނަމަ ކޮވިޑަށް ޓެސްޓު ކުރެއެވެ.

ބިދޭސީ މީހާ ވަޅުލުމުގެ ކަންކަން ވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ކޮވިޑު ޖެހިގެން ނިޔާވާ މީހުން ވަޅުލުމުގައި އަމަލު ކުރާ އުސޫލުގެ ދަށުންނެވެ.

އިއްޔެ ވެސް ކޮވިޑު ޖެހިގެން އުމުރުން ދުވަސްވީ މީހެއް ވަނީ ނިޔާވެފައެވެ. އުމުރުން 71 އަހަރުގެ އެ އަންހެން މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ، ނޭވާލުމަށް އުނދަގޫ ވާތީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓުކޮށް ބައްޔަށް ޓެސްޓުކުރިއިރު، އޭނާ ނިޔާވެފައިވަނީ އިއްޔެގެ މެންދުރުގެ ވަގުތެއްގައެވެ.

ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދުތައް އިތުރުވެފައިވާއިރު، ކުރިޔަށް އޮތްތަނުގައި މާލޭގެ ހާލަތު ގޯސްވެދާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކޭސްތައް އިތުރުވެ، ކޮވިޑުގެ ހާލަތު ޑިސެމްބަރު މަހަށް ދެމިގެން ގޮސްދާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: