ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޕޮޒިޓިވް ކޭސްތަކުގެ ގިނަ ކޮންޓެކްޓުންތައް ފާހަގަވެފައިވަނީ އޮފީސް މާހައުލުން!

ލޮކްޑައުންގެ ލުއިތަކަށްފަހު މާލެއިން ފެންނަ ޕޮޒިޓިވް ކޭސްތައް ވަނީ އިތުރުވެފައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުރަބަންދުގެ ލުއިތަކާއި އެކު މާލެތެރޭގައި އަނެއްކާއްވެސް ކޮވިޑު ފެތުރެން ފަށާފައިވާއިރު، ބައްޔަށް ޕޮޒިޓިވްވި މީހުންގެ ގިނަ ކޮންޓެކްޓްތައް ފާހަގަ ކުރެވިފައިވަނީ އޮފީސްތަކާއި، އެހެނިހެން މަސައްކަތްތަކުގެ މާހައުލުންކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖެއިން މި މަހު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ، 655 ކޮންޓެކްޓެއް ފާހަގަކުރެވިފައިވަނީ އޮފީސްތަކުންނެވެ. މިއީ ކޮންޓެކްޓްސްތަކުގެ 31 އިންސައްތައެވެ. މަސައްކަތުގެ އެހެން މަހައުލުތަކުން 564 ކޮންޓެކްޓެއް ފާހަގަކުރެވުނުއިރު، ތިންވަނައަށް އެންމެ ގިނަ ކޮންޓެކްޓްސް ފާހަގަކުރެވިފައިވަނީ ސިއްހީ ހިދުމަތް ދޭ ތަންތަނުންނެވެ. އެއީ 303 މީހެކެވެ.

މީގެ އިތުރުން ކެފޭ، ރެސްޓޯރެންޓުތަކާއި ފިހާރަތަކުން ވެސް ކޮންޓެކްޓްސް ފާހަގަކުރެވިފައިވާއިރު އޭގެ ތެރޭގައި ރެސްޓޯރެންޓުތަކުން 154 ކޮންޓެކްޓަކާއި، ފިހާރަތަކުން 89 ކޮންޓެކްޓްސް ފާހަގަކުރެވިފައިވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވަނީ ބުނެފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބައިތިއްބާ ތަންތަނުން 78 ކޮންޓެކްޓެއް ޓްރޭސް ކުރެވުނުއިރު، ޓާމިނަލްއާއި، ކުޅިވަރު ކުޅޭތަންތަން އަދި އާއްމުން ތަންތަނުން 74 މީހެއް ވަނީ ފާހަގަކުރެވިފައެވެ. އެކި އުޅަނދުފަހަރުތަކުން ފެނިފައިވަނީ 44 ކޮންޓެކްޓެވެ. ޖިމްތަކުން 35 ކޮނެޓެކްޓަކާއި، ސްކޫލާއި، ތައުލީމު ދޭ ސެންޓަރުތަކުން 28 ކޮންޓެކްޓެއް، އަދި މިސްކިތުން 01 ކޮންޓެކްޓު ފެނިފައިވާކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

ކޮންޓެކްޓްސް އިތުރުވުމާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ އާއްމުގޮތެއްގައި ފެންނަ ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފެންނަ ގިނަ މީހުންނަކީ ވަޒީފާއަށް ނިކުންނަ މީހުން ކަމަށެވެ. އަދި އޮފީސްތަކުގައި ވަކިވަކިން ދުރުގައި އެ މީހެއްގެ ސިސްޓަމެއް ހުރިނަމަވެސް، ބްރޭކްގަޑިތަކާއި، ކާ ގަޑީ އެންމެން އުޅެނީ އެއްކޮށް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑުގެ ކޭސްތައް މާލޭގައި އިތުރުވުމާއި ގުޅިގެން، ހޮނިހިރު ދުވަހުން ފެށިގެން ބޭރު ތެރޭގައި އުޅޭއިރު މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި އާއްމު އަންތަނުގައި މާސްކު ނާޅާނަމަ އެ މީހަކު 1،000 ރުފިޔާއިން ޖުރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.

އޭގެ އިތުރުން ވެސް ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 05:00 އާއި ދެމެދު ބޭރަށް ނިކުމެ އުޅޭ މީހުންގެ ކަންކަން މޮނީޓާރ ކުރަމުން ގެންދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: