ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާސްކު ނާޅާ އުޅުނު 116 މީހަކަށް ނަސޭހަތްދީ، 04 މީހުން ޖޫރިމަނާކޮށްފި

އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤު. ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން މާސްކު އެޅުން މަޖޫބޫރުކޮށްފައިވާއިރު، އުސޫލާއި ޚިލާފުވި ގިނަ ބަޔަކަށް ނަސޭހަތްދީ، 04 މީހަކު ޖޫރިމަނާކޮށްފިއެވެ.

ހޮނިހިރުދުވަހުގެރޭ ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.ނަޒްލާ ވިދާޅުވީ، މާސްކް ނަޅާ ޢާންމުތަންތަނުގައި އުޅޭ މީހުންނަށް ފުލުހުން ފުރަތަމަ ފަހަރު ނަސޭހަތްތެރިވާ ކަމަށެވެ. ނަމަވެސް އެކަން ރަނގަޅުނުކޮށް ތަކުރާރުކޮށްފިނަމަ ޖޫރިމަނާކުރާނެކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. މި ގޮތުން ހޮނިހިރުދުވަހު ޢަމަލުކުރަން ފަށާފައިވާ މި ޤަވާއިދާއި ޚިލާފުވި 116 ފަރާތަކަށް ނަސޭހަތްދެވި، 04 ފަރާތެއް ޖޫރިމަނާކުރެވިފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވި ގޮތުގައި އެ އެންމެން ނަކީ، ހޮނިހިރު ދުވަހުގެ މެންދުރު 13:00 އިން ފެށިގެން، ހޮނިހިރުދުވަހުގެރޭގެ 21:00 އާއި ހަމައަށް ޖޫރިމަނާކުރި މީހުންނެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު، މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގެ ޢާންމު ތަންތަނުގައި މާސްކު ނާޅާ އުޅޭ މީހުން ޖުރިމަނާކުރަން ނިންމާފައިވަނީ، 1،000 ރުފިޔާއިންނެވެ.

މާސްކު އެޅުން މަޖުބޫރުކޮށްފައި މިވަނީ، ކޮވިޑް-19 އިގެ ކޭސްތައް ގިނަވެ، އެ ބަލީގެ ނުރައްކާތެރިކަން އިތުރުވަމުންދާއިރު ވެސް ސަރުކާރުން ފިޔަވަޅުތައް ވަރުގަދަނުކުރާކަމަށް ގިނަބަޔަކު ފާޑުކިޔަމުންދަނިކޮށެވެ. އެޗްޕީއޭއިން ޢާންމުކުރި އެންގުމުގައި ވާގޮތުން ގެއިން ބޭރަށް ނިކުމެ އުޅޭ ވަގުތުތަކުގައި، އަނގަޔާއި، ނޭފަތާއި، ދަތްދޮޅި ނިވާވާގޮތަށް މާސްކު އަޅަން ޖެހޭނެއެވެ. އެހެންނަމަވެސް ޢުމުރުން 02 އަހަރަށްވުރެ ދަށުގެ ކުދިންނާއި، ކަސްރަތުކުރާ މީހުން، ކަސްރަތުކުރަމުންދާ ވަގުތުގައްޔާއި، އިތުރު މީހެއްގެ އެހީއާއި ނުލައި، މާސްކުއަޅައި ނުނެގޭ ފަދަ މީހުން އެއިން އިސްތިސްނާވާނެކަމަށް އެޗްޕީއޭގެ އެންގުމުގައި ބުނެފައިވެއެވެ.

ކޮވިޑް-19 އިގެ ނުރައްކާތެރިކަން އިތުރުވެފައިވާއިރު، ރާއްޖެއިން މިހާތަނަށް 3،949 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ފަހަކަށް އައިސް ޕޮޒިޓިވް ކޭސްތައް އިތުރުވާން ފަށާފައިވަނީ، ފުރަބަންދުކޮށްފައި އޮތުމަށްފަހު ދިން ލުއިތަކަށް ފަހުގައިކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: