ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެން ބިލް ދައްކައިގެން ކޮންމެ ހަފްތާއަކު 10 ނަސީބުވެރިއަކަށް 1 ހާސް ރުފިޔާ ލިބުމުގެ ފުރުސަތު

ފެން ބިލު ދައްކައިގެން 1000 ރުފިޔާގެ ގިފްޓް ކާޑެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރުންނަށް ޢަމާޒުކޮށްގެން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރި 10 ފަރާތަކަށް، “އެއްހާސް” ރުފިޔާ ގިފްޓް ކާޑެއް ލިބޭ ޕްރޮމޯޝަނެއް ކުންފުނިން ފަށައިފިއެވެ.

“1ހާސް 1ހާސް!” ގެ ނަމުގައި ކުރިއަށްދާ މި މިޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 1 އޯގަސްޓް 2020 ފެށިގެން 30 ސެޕްޓެމްބަރ 2020 ގެ ނިޔަލަށެވެ.

މި މުއްދަތުގެ ތެރޭގައި ހުރިހާ ފެންބިލަކަށް ފައިސާ ދައްކަވާ ޚަލާސް ކުރައްވާ ކޮންމެ ފަރާތަކަށްވެސް “1ހާސް 1ހާސް!” ޕްރްމޯޝަންގައި ބައިވެރިވެލެއްވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި ވަކި މަސްތަކަކަށް ބަހާލައިގެން ބިލަށް ފައިސާ ދައްކަވަމުންގެންދާ ފަރާތްތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ހަމައެހެންމެ، ރ. ދުވާފަރުގެ ޔޫޓިލިޓީ ބިލްގައި ހިމެނޭ ހުރިހާ ޚިދުމަތްތަކެއްގެ ބިލްތައްވެސް މި ޕްރޮމޯޝަންގައި ހިމެނޭނެކަން ކުންފުނިން ވަނީ ހާމަކޮށްފައެވެ. 

“1ހާސް 1ހާސް!” ޕްރޮމޯޝަންގައި ބައިވެރިވެލެއްވުމަށް އެމް.ޑަބްލިޔު.އެސް.ސީގެ މޯބައިލް އެޕް އާއި، އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް އަދި ޗެކް ނުވަތަ ނަޤްދު ފައިސާއިންވެސް ކަސްޓަމަރުންނަށް ފެން ބިލަށް ފައިސާ ދެއްކޭނެއެވެ. މި ޕްރޮމޯޝަންއަކީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެމް.ޑަބްލިޔު.އެސް.ސީއިން ފެނާއި ނަރުދަމާގެ ޚިދުމަތްދޭ ކ.މާފުށި، ރ.ދުވާފަރު އަދި ހދ.ކުޅުދުއްފުށްޓަށް އަމާޒުކޮށް ކުރިއައްގެންދާ ޕްރޮމޯޝަންއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: