ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: 64 ސިއްހީ މަސައްކަތްތެރިންނާއި، 67 ފުލުހުން ޕޮޒިޓިވްވެއްޖެ

ފްރޮންޓްލައިންގައި މަސައްކުރާ ގިނަ ޢަދަދެއްގެ ފުލުހުން އަންނަނީ ޕޮޒިޓިވްވަމުން. ފޮޓޯ: ޕޮލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެތެރެއިން މިހާތަނަށް 64 މީހުންނާއި، 67 ފުލުހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެރޭ ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުގައި މަޢުލޫމާތު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ، ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެތެރެއިން ގިނަބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށާއި، އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ ހުސްވި މަހުގައި ކަމަށެވެ. ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓެކްނީޝަނުންނާއި، ރޭޑިއޯގްރާފަރުންގެ އިތުރުން މަސައްކަތުމީހުން ހިމެނޭހެން ހުސްވި މަހުގައި 37 މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި މިހާރު ޖުމްލަ ޢަދަދު 64 އަށް އިތުރުވެފައިވާކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ.ނަޒްލާ ވިދާޅުވީ، މިހާތަނަށް 67 ފުލުހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށައި، އެ ގޮތުން އެންމެ ގިނަ ފުލުހުން ޕޮޒިޓިވްވެފައިވަނީ މިދިޔަ މަހުގައިކަމަށެވެ. އެ ގޮތުން މިދިޔަ މަހުގައި 21 ފުލުހަކު ޕޮޒިޓިވްވެފައިވާއިރު، ހޮނިހިރުދުވަހުގައި ވެސް 06 ފުލުހަކު ޕޮޒިޓިވްވެފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

“ހެލްތުކެއަރ ވޯކާޒްކަމަށް އަޅުގަނޑުމެންބަލާ ފަރާތްތައް އޭގެތެރޭގަ ޑޮކްޓަރުން، ނަރުހުން، ލެބް ޓެކްނީޝަނުން، ރޭޑިއޯގްރާފަރުން މިހެން ގޮސް އަދި މި ސާފުކުރުމުގަ މަސައްކަތްކުރާ ފަރާތްތަކާއި، މި ކަހަލަ އެކިކަހަލަ ޓެކްނީޝަނުންނާއި ވަރަށް ގިނަ ފަރާތްތަކެއް ހިމެނޭ. މިހާތަނަށް އައިއިރު މުޅި ޖުމްލަ 64 ފަރާތެއް ހެލްތު ކެއަރ ވޯކާސްތެރޭން ޕޮޒިޓިވްވެފަ. އޭގެތެރޭން މި މަހު 37 ފަރާތެއް ހިމެނޭ. އަދި ޕޮލިހުގެ 67 ފަރާތެއް ޕޮޒިޓިވްވެފަ ޖުމްލަ. މިހާތަނަށް މިމަހު 21 ފަރާތެއް ޕޮޒިޓިވްވެފަވޭ. އަދި މިއަދު 6 ޕޮލިހެއް ޕޮޒިޓިވްވެފަވޭ.” ޑރ.ނަޒްލާ

ކޮވިޑް-19 އިގެ ކޭސްތައް އިތުރުވަމުން އަންނައިރު، ބަލިމީހުންނަށް ފަރުވާދޭ ތަންތަނުގައި ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލޭ މެޑިކަލް ފެސިލިޓީ ހިމެނެއެވެ. އެ ތަންތަނުން ގިނަބަޔަކު ޕޮޒިޓިވްވެފައިވާއިރު، އައިޖީއެމްއެޗުން ޕޮޒިޓިވްވި ގިނަ މީހުންނަކީ، ކޮވިޑް ޖެހުނު މީހަކަށް ފަރުވާދިނުމުގައި ހަރަކާތްތެރިވި ސިއްހީ މަސައްކަތްތެރިންނެވެ. މީގެ އިތުރުން އޭޑީކޭއިންނާއި، ޓްރީޓޮޕްން ވެސް ބައެއް މުވައްޒަފުން މީގެ ކުރިން ޕޮޒިޓިވްވެފައިވެއެވެ.

މީގެ އިތުރުން، 67 ފުލުހުން ޕޮޒިޓިވްވެފައިވާއިރު، ދާދި މިދާކަށްދުވަހު ފުލުހުން ނެރުނު ބަޔާނެއްގައިވަނީ، މި ދުވަސްވަރަކީ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވަމުން އަންނަ ދުވަސްވަރެއްކަމަށާއި، އެ ގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެފުލުހުން ވެސް ޕޮޒިޓިވްވަމުން އަންނަ ކަމަށެވެ. އެހެންކަމުން ބޭރަށް ނިކުމެ އުޅުމުގައި ސަމާލުކަންދިނުމަށާއި، ކަނޑައެޅިފައިވާ ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ޢަމަލުކުރުމަށާއި، އެޗްޕީއޭގެ އެންގުންތަކާއި ޚިލާފަށް އެއްތަނަކަށް ގިނަ ޢަދަދެއްގެ ބަޔަކު ޖަމާވެއުޅުން ފަދަ ކަންކަން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: