ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ކުއާޓާރގައި ސާފުފާއިދާގެ ގޮތުގައި ދިރާގަށް 152 މިލިއަން ރުފިޔާ

ފޮޓޯ: ދިރާގު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ދެވަނަ ކުއާޓާރގައި ސާފުފާއިދާގެ ގޮތުގައި ދިރާގަށް 152 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ދިރާގުގެ މި އަހަރުގެ މާލީ ރިޕޯޓުގައި ވާގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓާރގައި އެ ކުންފުންޏަށް 300 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެންނަމަވެސް މި އަހަރުގެ ދެވަނަ ކުއާޓާރގައި ދިރާގަށް ލިބިފައިވަނީ، 152 މިލިއަން ރުފިޔާގެ ސާފު ފައިދާއެއްކަމަށް މާލީ ރިޕޯޓުގައި ބުނެފައިވެއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާރއަށް ބަލާއިރު، މޯބައިލްގެ ޚިދުމަތްތައް ފޯރުކޮށްދީގެން 451 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް ދެވަނަ ކުއާޓަރގައި މޯބައިލްގެ ޚިދުމަތްތަކުން އެ ކުންފުންޏަށް ލިބިފައިވަނީ، 318 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ބްރޯޑްބޭންޑް އިންޓާރނެޓާއި، އެންޓާޕްރައިޒް ވިޔަފާރިން، ފުރަތަމަ ކުއާޓާރގައި ދިރާގަށް 260 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް އެ ޚިދުމަތްތައް ފޯރުކޮސްދީގެން ދެވަނަ ކުއާޓަރގައި ދިރާގަށް ލިބިފައިވަނީ، 213 މިލިއަން ރުފިޔާއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާރ އާއި އަޅާބަލާއިރު، ދެވަނަ ކުއާޓާރގައި، އެ ކުންފުނީގެ އާމްދަނީ އެހާ ދަށްވެފައި މިވަނީ، ކޮވިޑް-19 އިގެ ސަބަބުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: