ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ލިބުމުން އެންމެން ވެސް ހިންގަނީ ހުދުމުހުތާރު އަމަލުތަކެއް: އުޝާމް

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

.ކޮންމެ ޕާޓީއަކަށްވެސް ވެރިކަމުގެ ބާރުތައް ލިބުމުން ކުރިން ދެއްކި ހުރިހާ ވާހަކަތައް ހަދުމަނެތި ހުދުމުހުތާރު އަމަލުތައް ހިންގަން ފަށާ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. 

އުޝާމް މިފަދައިން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ވެރިކަން ކުރަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކަކާއި ގުޅިގެންނެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމް ކުރުމާއި މެދު ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރެއް ހިންގުމަށްޓަކާ އަބަދުވެސް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށެވެ. އަދި އެއީ އެމަނިކުފާނު އަބަދުވެސް ގެންގުޅުއްވާ ވިސްނުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ވެރިކަމުގެ ނިޒާމާއި ބެހޭ ގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަސް އުޝާރާތް ކުރައްވައި އުޝާމް ވިދާޅުވީ  ވެރިކަން ކުރާ ފަރާތްތަކުގެ އިހްލާސްތެރިކަން ނެތިއްޔާ ވެރިކަމުގެ ކޮންމެ ނިޒާމެއް އޮތަސް ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ. އަދި ކޮންމެ ޕާޓީއަކަށްވެސް ވެރިކަމުގެ ބާރުތައް ލިބުމުން ކުރިން ދެއްކި ހުރިހާ ވާހަކަތައް ހަދުމަނެތި ހުދުމުހުތާރު އަމަލުތައް ކުރަން ފަށާ ކަމަށް އުޝާމް ވިދާޅުވިއެވެ. 

މީގެ ކުރިން ވެސް “އާސްކް ސްޕީކާ” ގެ ނަމުގައި ރައީސް ނަޝީދާއި އެކު ކުރިޔަށް ގެންދިޔަ ކިއު އެންޑް އޭއެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނަށް އެއްގޮތަކަށް ވެސް ރިޔާސީ ނިޒާމު ކަމު ނުދާ ކަމަށެވެ. އަދި އެމަނިކުފާނަކީ އެއް އިރެއްގައި ވެސް ރިޔާސީ ނިޒާމަކަށް ތާއީދު ކުރި މީހެއް ނޫން ކަމަށާއި، މުޖްތަމައުއަށް ހަމަޖެހުން ގެނެސް، ގައުމެއް ހިންގުމުގައި ރިޔާސީ ބިޒާމެއް ބޭނުން ކުރެވިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

އެ ބައްދަލުވުމުގައި އެރޭ ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގައި އޮންނާނެ ނިޒާމާއި މެދު ގޮތެއް ނިންމާނީ ރައްޔިތުން ކަމަށެވެ. އަދި އޭގެ ތެރެއަށް ވަކި ބައެއްގެ ނުފޫޒެއް ނާންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: