ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭބީސީތަކުން ކުނި ނަގައިދޭނީ ކުރިން ވެސް، ޢާންމުކޮށްފައިވާ އުސޫލާއި އެއްގޮތަށް: ވެމްކޯ

ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދުން ފެށިގެން މާލޭ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނަގައިދޭނީ ކުރިން ވެސް، ޢާންމުކުރެވިފައިވާ އުސޫލުންކަމަށް ވެމްކޯއިން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލޭ ސަރަހައްދުގައި އިޢުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ރިޢާޔަތްކޮށް، މާލޭ ސަރަހައްދުގެ ގޭބީސީތަކަށް ފޯރުކޮށްދެމުންއައި ކުނި ނެގުމުގެ ޚިދުމަތްތަކަށް ބަދަލުތަކެއްގެނައީ ހުސްވި ޖޫންމަހުގެ 15 ވަނަ ދުވަހުގައެވެ.

މި ގޮތުން ޖޫންމަހުގެ 15 ވަނަ ދުވަހު ކަނޑައެޅި އުސޫލުތަކާއި އެއްގޮތަށް ކުނި ނެގުމުގެ ޚިދުމަތްތައް ކުރިއަށްދާނީ، އޯގަސްޓު މަހުގެ 01 ވަނަ ދުވަހަށްކަމަށް ވެމްކޯއިން އޭރު ވަނީ ބުނެފައެވެ. ނަމަވެސް ހޮނިހިރުދުވަހާއި ހަމައަށް އެ މުއްދަތު ހަމަވެފައިވާތީ، ވެމްކޯއިން ނެރުނު ބަޔާނުގައި ބުނީ، ފުރަމާލެ ސަރަހައްދުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް އިޢުލާނުކުރެވިފައިވާތީއާއި، އެ ކޯޕަރޭޝަންގެ މުވައްޒަފުންނާއި، ކަސްޓަމަރުންގެ ރައްކާތެރިކަމަށް ބެލުމަށްފަހު، ކުނި ނެގުމަށް އެ ކޯޕަރޭޝަނުން ޢާންމުކޮސްފައިވާ ޚާއްސަ އުސޫލަށް ޢަމަލުކުރަން އަދިވެސް ނިންމާފައިވާ ކަމަށެވެ. އަދި އޯގަސްޓު 02 އިން ފެށިގެން މާލޭ ސަރަހައްދުގެ ހުރިހައި ގޭބީސީތަކުން ދުވަހު ކުނި، ކުރިން ވެސް ޢާންމުކުރެވިފައިވާ އުސޫލުތަކާއި އެއްގޮތަށް ނަގަމުންދާނެކަމަށް ވެސް ވެމްކޯއިން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލޭ ސަރަހައްދުގައި އިޢުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ރިޢާޔަތްކޮށް، މާލޭ ސަރަހައްދުގެ ގޭބީސީތަކަށް ފޯރުކޮށްދެމުންއައި ކުނި ނެގުމުގެ ޚިދުމަތްތަކަށް ވެމްކޯއިން އޭރު ގެނައި ބަދަލުތަކުގެތެރޭގައި، ގޭބީސީތަކުން ކުނި ނަގާނީ ޢިމާރާތުގެ ބޭރުން ދޮރުމަތިންކަމަށް ވެމްކޯއިން ބުނެއެވެ. އަދި ކުނި ނެގުމަށް ހަމަޖެހިފައިވަނީ، ކުރިއެކޭ ވެސް އެއްގޮތަށް ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން ފެށިގެން، މެންދުރުފަހު 14:00 އަށްކަމަށް ވެމްކޯގެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން ޢިމާރާތުގެ އެންމެތިރިން ކުނިނެގޭނެ ފަދަ އިންތިޒާމެއް ދުރާލާ ހަމަޖެހިފައިވާ ގޭބީސީއެއްނަމަ، އެ ދުވަހެއްގެ ހަވީރު 18:00 އާއި ހަމައަށް ޢިމާރާތަށް ވަދެނިކުމެ ހެދޭނެގޮތަށް އިންތިޒާމުކުރަންވާނެ ކަމަށް ވެސް ވެމްކޯއިން ބުނެއެވެ. އަދި ޢިމާރާތެއްގެ ވަކިވަކި ފަންގިފިލާތަކަށް، އެ ކޯޕަރޭޝަންގެ މުވައްޒަފުން ވަދެ ކުނިނުނަގާނެކަމަށް ވެސް ވެމްކޯއިން ބުނެއެވެ.

ވެމްކޯއިން ވަނީ، ކުނި ބަންދުކުރުމުގެ މިންގަނޑާއި، ކަނަޑައެޅިފައިވާ ވަގުތަށް ކުނި ނެރުމަށް އިލްތިމާސްކޮށްފައެވެ. އަދި ހާލަތަށް ރިޢާޔަތްކޮށް ، ކަމާބެހޭ އިދާރާތަކުގެ ލަފަޔާއެކު އެ ކޯޕަރޭޝަނުގެ ޚިދުމަތްތަކަށް ގެންނަ ބަދަލު ޢާންމުކުރަމުންދާނެކަމަށް ވެސް ވެމްކޯއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: