ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑުމެންނާ ވެރިމީހާއާ ބައްދަލުވޭ،: އަލީ އާޒިމް

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ތަމްސީޅް ކުރާ ރައްޔިތުންގެ މަޖިލީޙުގެ މެމްބަރުންނަށް އެ ޕާޓީގެ ލީޑަރާއި ބައްދަލާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މެދެހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ. 

އަލީ އާޒިމް މިފަދައިން ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނަށް ޕާޓީގެ ވެރިމީހާއާއި ބައްދަލު ނުވާ ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓުވިޓަކާއި ގުޅިގެންނެވެ. 

އާމަމް ޝަރީފް ކުރެއްވި ޓުވިޓުގައި ވިދާޅުވީ ސަރުކާރު ވެއްޓުނަނުދީ، ނަގަހައްޓައި ދިނުމުގައި ރައްޔިތުންގެ މަޖިލީޙުގެ މެމްބަރުން ވަަރަށް މުހިންމު ދައުރެއް އަދާ ކުރާ ކަމަށާއި ހާއްސަކޮށް ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ މަޖިލީޙުގެ މެމްބަރުންގެ ދައުރު ވަރަށް ބޮޑު ކަމަށް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ. 

މީގެއިތުރުން މަޝްވަރާއަށް ގޮބާލައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ދެއްކަވާފައިވާ ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވައި އާދަމް ޝަރީފް އުމަރު ވިދާޅުވީ ވެރިކަން ވައްޓިޔަ ނުދީ ނަގައްހައްޓަން ތިބި އަމިއްލަފުޅު ޕާޓީގެ މެޖިލިސް މެމްބަރުންނާއި ބައްދަލުކޮށް ކަންކަމުގައި މަޝްވަރާ ނުކުރެވޭ ބޭފުޅަކަށް އެހެން ބަޔަކާއި ބައްދަލުކޮށް ކުރެވޭނެ މަޝްވަރާއާއި މެދު އާދަމް ޝަރީފް ސުވާލު އުފެއްދެވިއެވެ. 

އާދަމް ޝަރީފްގެ މިވާހަކަތަކާއި ގުޅިގެން އަލީ އާޒިމް ކުރެއްވި ޓުވިޓުގައި ވިދާޅުވީ އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް އެ ޕާޓީގެ ވެރިމީހާއާއި ބައްދަލު ކުރެވޭ ކަމަށާއި އަދި މަޖިލިސް މެމްބަރުންނަށް ވެރިމީހާއި ބައްދަލުކޮށް މަޝްވަރާ ނުކުރެވެނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރު ދަމަހައްޓާނީ ވެސް އަދި ވެރިކަން ދަމަހައްޓާނީ ވެސް ރައްޔިތުން ކަމަށެވެ. 

ސިޔާސީ ވާދަވެރި ޕާޓީތަކުން ސަރުކާރާ އެކު މަޝްވަރާ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދައުވަތު ދެއްވާފައިވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާއި މުހާތަބް ކުރައްވައި ދެއްވި ހޮތޯބުގައެވެ. 

ރައީސް ސޯލިހް ވިދާޅުވީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެ ކަމުގެ ސަބަބުން ގެއްލުން ލިބެމުން ދަނީ ހުރީހާ ރައްޔިތުންނާއި މުޅި ގައުމަށް ކަމަށެވެ. އެހެންކަމުން ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާއެކު މަސައްކަތް ކުރަން އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: